twitterviber whatsapp telegramfacebookyoutube instagram
14th July 2026

އަންނަ ޖެނުއަރީ ދެވަނަ ދުވަސް ސަރުކާރު ބަންދު

Dec 17, 2024

އަންނަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ އިއްޔެ ރައީސް އޮފީހުން ނެރުން ދެންނެވުމުގައެވެ.

ރައީސް އޮފީހުން ބުނީ، ރައީސް އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، 1 ޖެނުއަރީ 2025 އަކީ ބުދަ ދުވަހަކަށްވެފައި، އެ ދުވަހާ ޖެހިގެން އަންނަ ބުރާސްފަތި ދުވަހަކީ ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން އާ އަހަރު ފެށޭ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. ރައީސް އެގޮތަށް ހަމަޖެއްސުމުން ސަރުކާރު މުވައްޒަފުންނަށް ހަތަރު ދުވަހުގެ ބަންދެއް ލިބޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355