އުރީދޫން ކޮންމެ އަހަރަކު ވެސް ބާއްވާ އެންމެ މަޖާ އަދި ބޮޑު ދުވުން ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
އިއްޔެ ހަވީރު ވާރޭ ވެހުނު ނަމަވެސް ޝެޑިއުލާ އެއްގޮތަށް މި ދުވުން ފެށީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުންނެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މަޖާ ކުޅިވަރުތަކާ އެކު ބައިވެރިންގެ ހޫނު ތަރުހީބެއް މި އަހަރުގެ ދުވުމަށް ވެސް ލިބުނެވެ. މި ދުވުމުގައި 6500 އަށްވުރެ ގިނަ މީހުން ބައިވެރިވި އެވެ.
އަންނަ އަހަރު، ފަން ރަން ފުވަމުލައް އެޑިޝަނެއް ބާއްވާނެ ކަންވެސް ވަނީ އިއުލާނުކޮށްފަ އެވެ.
ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ރާއްޖޭގެ ނައިބު ރައީސް ބައިވެރިވެވަޑައިގެން ޝަރަފުވެރިކޮށްދެއްވި މި ހަރަކާތުގައި ހުޅުމާލެ އަކީ ކުލައާއި ފޯމާއި އުފާވެރިކަމުގެ ކާނިވަލަކަށް ބަދަލުވެގެން ދިޔައެވެ. ކޮންމެ ކިލޯމީޓަރެއް ނިމޭ ހިސާބުގައި މަޖާ ހަރަކާތަކާއެކު ފޯމް ސްޓޭޝަންތަކާއި ކުލަ އާއޮ ދިއުމާއި އުފާވެރި އޮބްސްޓެކަލް ޗެލެންޖުތަކާ އެކު ފުރިހަމަކޮށްފައިވާ މި މަޖާ ދުވުމުގައި ހުރިހާ އުމުރެއްގެ މީހުން ވެސް ބައިވެރިވި އެވެ.
މި ހަރަކާތުން ދައްކުވައިދެނީ ދުޅަހެޔޮ ދިރިއުޅުމެއް އަށަގެންނެވުމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އާއިލާތަކަށާއި ފަރުދުންނަށް ހަނދާން ނައްތާނުލެވޭ ފަދަ ވަގުތުތަކެއް އުފެއްދުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތްތަކެވެ.
މުޖުތަމައުގެ ފަރާތުން މިހާ ބޮޑު ބައިވެރިވުމަކާއި ހިތްވަރެއް ފެނުމުން ވަރަށް އުފާވޭ. ފަން ރަން އަކީ ހަމައެކަނި ދުވުމަކަށް ވުރެ މާ ބޮޑު ދުވުމެކެވެ. މިއީ އުފާވެރިކަމާއި އެކުވެރިކަމާއި ހަރަކާތްތެރި ދިރިއުޅުމުގެ އުފަލެއް،" އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ
އުރީދޫ ފަން ރަން އަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދުވުން ޕްރޮމޯޓުކޮށް އާއިލާއާ އެކު މަޖާ ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން އުރީދޫން ކޮންމެ އަހަރަކު ވެސް ބާއްވާ ދުވުމެކެވެ. މި ދުވުން މާލެ ސަރަހައްދުން ބޭރުގައި ވެސް ބާއްވަ އެވެ.