twitterviber whatsapp telegramfacebookyoutube instagram
27th June 2026

ކުރީގެ ފިނޭންސް މިނިސްޓަރު ޝަފީގް އެޗްޑީއެފްސީގެ ބޯޑަށް

Dec 22, 2024

ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ބޯޑަށް އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ވެބްސައިޓުގައިވާ ގޮތުން ޝަފީގް އެ ބޯޑަށް އައްޔަން ކުރީ މި މަހުގެ 2 ވަނަ ދުވަހުއެވެ.

ޝަފީގް ވަނީ މީގެ ކުރިން އެޗްޑީއެފްސީގެ ފައިނޭންސްގެ ހެޑްގެ މަގާމު އަދާކުރައްވައިފައެވެ.

ޝަފީގު ފިނޭންސް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ މިދިޔަ ސެޕްޓެމްބަރު 30 ގައެވެ. ޝަފީގު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް އައްޔަން ކުރެއްވީ އޭރު ފޮރިން މިނިސްޓަރަކަށް ހުންނެވީ މޫސާ ރަމީޒެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355