twitterviber whatsapp telegramfacebookyoutube instagram
22nd August 2026

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް މައުރޫފް ޖަމީލް

Dec 22, 2024

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުކަމަށް މައުރޫފް ޖަމީލް އައްޔަނުކޮށްފިއެވެ.

މިކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނެފައިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އޭނާގެ އިސްތިއުފާ ޤަބޫލުކޮށް މިއަދުން ފެށިގެން އެމަޤާމުން އޭނާ ވަކިކޮށްފައިވާކަމަށާއި މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް މ. ދޫރެސް މުހައްމަދު މަޢުރޫފް ޖަމީލު މިއަދު އައްޔަންކޮށްފައިވާކަމަށެވެ.

މައުރޫފަކީ، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާގެ މަގާމު ފުރުއްވި ބޭފުޅެކެވެ. މީގެ އިތުރުން އޭނާއަކީ އާކިޓެކްޓެއްގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާއާ ގުޅޭ ދިރާސާ ވެސް ކުރައްވާ ބޭފުޅެކެެވެ.

އަދި ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލެ ތަރައްގީ ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ފަރާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355