twitterviber whatsapp telegramfacebookyoutube instagram
15th April 2026

އުރީދޫން އާ އަހަރަށް ބޮޑެތި އޮފާތަކެއް!

Dec 28, 2024

އުރީދޫން އާ އަހަރަށް އަމާޒުކޮށް ބޮޑެތި އޮފާތަކެއް ތައާރަފްކޮށްފި އެވެ.

އެގޮތުން އެޑް-އޮން އޮފާތަކުގެ ތެރޭގައި ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އާޗާ ޕެކްތަކާއި އުރީދޫ ޑޭޓާ ޕެކް އަދި މަގޭ ޕްލޭންސްއަށް 175 ޖީބީއާ ހަމައަށް ބޯނަސް ޑޭޓާ ލިބޭނެއެވެ.

މީގެ އިތުރުން “ބޮޑު ޗުއްޓީއަށް ބޮޑު ޑޭޓާ” އޮފާގެ ދަށުން 5 ދުވަހަށް 50 ޖީބީ ބޯނަހާއެކު ޖުމުލަ 150 ޖީބީ 150 ރުފިޔާއަށް ލިބޭނެއެވެ.

ދިގު މުއްދަތުގެ އާޗާ ޕެކޭޖުތަކުގެ ތެރޭގައި އަހަރީ ޕްލޭންގައި 2025 ރުފިޔާއަށް ދުވާލަކަށް 1.5 ޖީބީ ޑޭޓާ، (އަހަރަކަށް 550 ޖީބީ) އާއެކު އަންލިމިޓެޑް އުރީދޫ ކޯލް އަދި ވައިބަރ/އައިއެމްއޯ ޗެޓް ލިބޭނެއެވެ.

އެއްވެސް މުއްދަތަކާއި ނުލައި 6 މަހުގެ ޕްލޭންގައި 800 ޖީބީ އަދި 3 މަހުގެ ޕްލޭންގައި 400 ޖީބީ ޑޭޓާ އަގުހެޔޮކޮށް ލިބެން ހުންނާނެއެވެ. މި ޕްލޭންތަކުގައިވެސް އަންލިމިޓެޑް ކޯލް އަދި ޗެޓް ހިމެނެއެވެ.

ޖެނުއަރީ މަހުގެ ނިޔަލަށް އެކްޓިވޭޓްކުރެވޭނެ މި ހުރިހާ އޮފާއެއްވެސް އެކްޓިވޭޓްކުރެވޭނީ އުރީދޫ އެޕް މެދުވެރިކޮށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355