twitterviber whatsapp telegramfacebookyoutube instagram
6th October 2026

ފެނަކައިގެ ކުރީގެ އެމްޑީ ސައީދަށް ދައުވާކޮށްފި

Dec 28, 2024

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދަށް ދައުވާކޮށްފި އެވެ.

ސައީދުގެ މައްޗަށް ދައުލަތުން މިދިޔަ ބުރާސްފަތި ދުވަހު ދައުވާ ކުރީ 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަންގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން ދޫކޮށްފައިވާތީ އެވެ. ދައުލަތުން ދެކޭ ގޮތުގައި އެއީ ބްލޭޒަންއަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށް ކޮށްފައިވާ އަމަލެކެވެ.

މިމައްސަލައިގައި ސައީދު މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. މިދައުވާ ވަނީ ފެނަކަ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް ޏ. ފުވައްމުލައް، ހޯދަޑު، މަރްޔަމް ދީނާ ސޯލިހްގެ މައްޗަށްވެސް އުފުލާފަ އެވެ.

މިދައުވާ ސާބިތުވެއްޖެނަމަ ދެ ބޭފުޅުންގެ މައްޗަށް އިއްވާނެ އަސާސީ އަދަބީ އެއް އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

ދައުވާ ގޮތުން މި ދެ ބޭފުޅުންގެ އެ އަމަލާ ގުޅިގެން ފެނަކަ ކޯޕަރޭޝަނަށް 848,000 ރުފިޔާގެ ގެއްލުން ލިބިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293