twitterviber whatsapp telegramfacebookyoutube instagram
25th October 2025

ރާއްޖެއިން އާ މަހެއް ފެނިއްޖެ، ކިޔަނީ ރަކި ބުރަކި

Jan 19, 2025
1

ރާއްޖެއިން އާ ވައްތަރެއްގެ މަހެއް ފެނިފައިވާކަން ކަނޑުގެ ދިރުންތައް ދިރާސާ ކުރާ ފަރާތްތަކުން ހާމަކޮށްފިއެވެ. މިފަހަރު އަލަށް ފެނުނު މަހަށް ދީފައިވާ ނަމަކީ "ރަކި ބުރަކި" އެވެ.

މި މަސް ރާއްޖެ އިން ފެނުނީ ކަނޑުގެ އަޑިން އަލި ފަނޑުވާ ހިސާބުންނެވެ. އެއީ 100 އާއި 125 މީޓަރާ ދެމެދުގެ ފުން ހިސާބެކެވެ.

މެރިން ޖާނަލް މޯލްޑިވްސް އިން ބުނިގޮތުގައި މިއީ ބޭރުގެ ސައިންޓިސްޓުންނާއި ރާއްޖޭގެ މެރިން ރިސާޗު ސެންޓަރު ގުޅިގެން ކުރި ދިރާސާ އިން ހޯދި މަހެކެވެ. އެ މަސް ފެނިފައި ވަނީ އަރިއަތޮޅުގެ އުތުރުން ފެށިގެން ފ. އަތޮޅުގެ ދެކުނުގެ ސަރަަހައްދުންނެވެ.

އެ މަހަށް ރަކި ބުރަކީގެ ނަން ދިނީ ޑައިވަރުން ފެންނަ އިރަށް ވަރަށް އަވަހަށް ފިލާ މަހެއް ކަމަށް ދިރާސާ ކުރި ފަރާތްތަކުން ބުނެފައިވާތީ އެވެ. އެ ގޮތަށް ފިލަނީ މަސްތައް ރަކިވެގެން ކަމަށް ބަލައި އެ ނަން ކިޔާފައިވަނީ އެކަމާ ގުޅުވަ އެވެ.

މި މަހަށް ދީފައިވާ ސައިންޓިފިކް ނަމަކީ "ޕްލެކްޓްރަންތިއަސް ރަކި" އެވެ. މިއީ 2-3 އިންޗި އަށް ބޮޑުވާ މަހެކެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް ރާއްޖެ އިން މުޅިން އާ މަހެއް ފެނުނެވެ. އެއީ ވެސް ދުނިޔެ އިން އަލަށް ރެކޯޑުކުރެވުނު މަހަކެވެ.

ޅ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ސަރަހައްދު ހިމެނޭ ހެން 180 ކިލޯމީޓަރުގެ ސަރަހައްދަކުން ފެނުނު އެ މަހަށް ދީފައިވާ ސައިންޓިފިކް ނަމަކީ "ކްރޯމިސް އަބަދަށް" އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355