twitterviber whatsapp telegramfacebookyoutube instagram
30th October 2025

ގައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަހުގެ 'ފަހި ދުވަސް' ފަށައިފި

އަބްދުލް ވާހިދު ޙަސަން
Jan 21, 2025

ގައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަހުގެ 'ފަހި ދުވަސް' ފަށައިފި އެވެ. ފަހި ދުވަސް ހުޅުވައިދެއްވީ މިއަދު ހެނދުނު އެކަމަށްޓަކާ އެ ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދެވެ.

މި ހަރަކާތަކީ ޔުނިވާސިޓީގެ ކޯސްތަކަށް އަލަށް ވަންނަން ޝައުގުވެރިވާ ފަރާތްތަކަށް އެ ޔުނިވާސިޓީގެ ހުރިހާ ފެކަލްޓީތަކާއި ސެންޓަރުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުންދާ ހަރަކާތެކެވެ.

ކުޅުދުއްފުށީ ކެމްޕަހުގައި ބާއްވާ ފަހި ދުވަހުގެ ހަރަކާތް އޮންނާނީ މިއަދު ހެނދުނު 9:00 -12:00 | 16:15 - 18:00 | އަދި 20:15 - 22:00 އަށެވެ.

މި ހަރަކާތުގެ ތެރެއިން އޭލެވެލާއި އެ ނޫން ވެސް ޔުނިވާސިޓީން ބަލައިގަންނަ ނަތީޖާ ލިބިފައިވާ ދަރިވަރުންނަށް ޔުނިވާސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ފޯމު ފުރައިދިނުމާއި ބަލައިގަތުން ވެސް ކުރިއަށް ދާނެ ކަަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

އަދި ކެރިއަރގައިޑެންސް އާއި އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި ކިޔަވާ ދަރިވަރުންނަށް ހުރި ފުރުސަތުތަކާއި ވަސީލަތްތަކުގެ މައުލޫމާތު ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355