twitterviber whatsapp telegramfacebookyoutube instagram
5th May 2026

ގަސް އުފައްދައި ރަށުތެރެ ފެހިކުރުމަށް ނާސަރީއެއް ހަދައިފި

އަބްދުލް ވާހިދު ޙަސަން
Jan 27, 2025
2

'ފިނިފެހި ސިޓީ' މަޝްރޫއުގެ ދަށުން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ދިވެހި ރެޑްކްރެސެންޓްއާ ގުޅިގެން ގާއިމުކުރި 'މަލަފެހި' ނާސަރީ ހުޅުވައިފި އެވެ.

ނޮދަން އޮފީސް ކޮމްޕްލެކްސްގެ ގޯތިތެރޭގައި ގާއިމުކޮށްފައިވާ "މަލަފެހި" ނާސަރީ ހުޅުވައިދެއްވީ މިދިޔަ ހޮނިހިރުދުވަހު އެކަމަށްޓަކާ ބޭއްވި ރަސްމިއްޔާތެއްގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފެވެ.

ސިޓީ ކައުންސިލުން ބުނީ، މި ނާސަރީގެ މައިގަނޑު މަޤުސަދަކީ ރަށުގެ ތިމާވެށީގެ ހާލަތު ރަނގަޅުކޮށް، މަގުތަކުގެ ގްރީންޒޯންތަކާއި އާންމު ތަންތަނަށް ބޭނުންވާ އެކި ބާވަތުގެ ގަސް އުފައްދައި، ރަށް ޒީނަތްތެރިކުރުމާއި، ރަށުން ނެތެމުންދާ ގަސްތައް އަލުން އިއާދަކުރުމެވެ. އަދި

އަމިއްލަ ވެށީގެ ގަސްގަހާގެއްސާއި މެންގްރޫވް ހިމެނޭ ގޮތަށް އެކި ބާވަތުގެ ގަސް އުފައްދައި އިންދުމާއި، ކުޅުދުއްފުށީގެ އަތިރިދޮށުގެ ގުދުރަތީ ގަސްގަހާގެއްސަށް އަލުން ފަރުވާ ދިނުމާއި ފިނި އަދި ފެހި ސިޓީއަކަށް ކުޅުދުއްފުށި ސިޓީ ހެދުމަށް މަސައްކަތްކުރުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355