twitterviber whatsapp telegramfacebookyoutube instagram
29th July 2026

ކައުންސިލާއި އަންހެނުންގެ ކޮމެޓީ ތަރައްގީކުރި ނެޓްބޯޅަ ކޯޓް ހުޅުވައިފި

އަބްދުލް ވާހިދު ޙަސަން
Jan 28, 2025
2

ކުޅުދުއްފުށި ސިޓީ ކައުންސިލާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން ކުޅުދުއްފުށީގައި ތަރައްގީކުރި ނެޓްބޯޅަ ކޯޓް ހުޅުވައިފި އެވެ.

ޓާފް އަޅައިގެން ތަރައްގީކުރި މި ކޯޓް ހުޅުވައިދެއްވީ މިއަދު ހަވީރު އެކަމަށްޓަކާ ބޭއްވި ރަސްމިއްޔާތެއްގައި މޭޔަރު މުހައްމަދު އާތިފް އާއި އިޖުތިމާއީގޮތުން ރަށަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އިސްރަށްވެހިންގެ ތެރެއިން 8 އަންހެންބޭފުޅުންނެވެ.

ސްޓޭޑިއަމްގައި ތަރައްގީކުރި މި ކޯޓަކީ ކުރިން ވެލިކޯޓެކެވެ. 1,160,607.96 ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި މި ކޯޓްގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގަ އެވެ. މި މަޝްރޫއު ކުރިއަށްގެންދިޔައީ ބެންޒީ ޕްރައިވެޓް ލިމިޓެޑުންނެވެ.

މި ރަސްމިއްޔާތުގައި އިސްރަށްވެހިންނާއި އަތޮޅު ކައުންސިލްގެ ރައީސް އާއި ކައުންސިލަރުންނާއި މުއައްސަސާތަކުގެ ވެރިންގެ އިތުރުން ނެޓްބޯޅަ ކުޅުންތެރިންވެސް ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355