twitterviber whatsapp telegramfacebookyoutube instagram
3rd February 2025

ޓޫރިޒަމާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރަކަށް ތޯރިގް

Feb 2, 2025

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި، އެ މިނިސްޓްރީގެ މިނިސްޓަރަކަށް ތޯރިގް އިބްރާހީމް އައްޔަނުކުރައްވައިފިއެވެ.

މި ރަސްމިއްޔާތު ކުރިއަށްދިޔައީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ޓޫރިޒަމް، އެންޑް، އެންވަޔަރަންމަންޓްގެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން، އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާންގެ ކުރިފުޅުމަތީގައި މިނިސްޓަރު ވަނީ ހުވައި ކުރައްވާފައެވެ. އަދި މި ރަސްމިއްޔާތުގައި މިނިސްޓަރުކަމުގެ ލިޔުން ހަވާލުކުރެއްވީ ރައީސެވެ.

މަގާމަށް ތޯރިގު އައްޔަނުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅާއާ ބައްދަލުކުރައްވާފައެވެ. އެގޮތުން ތިމާވެއްޓާއި ފަތުރުވެރިކަން ގުޅުވައިގެން ރާއްޖެ އިޝްތިހާރުކުރެއްވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި، އިބްރާހީމް ފައިސަލް އެ މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ފައިސަލް މިނިސްޓަރުކަމަށް އައްޔަންކުރީ މި ސަރުކާރުގެ ފުރަތަމަ ދުވަހު، ނޮވެމްބަރު 17، 2023 ގައެވެ. ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމަށް ފައިސަލް އައްޔަންކުރެއްވުމުން ބައެއް ފާޑުކިޔުންތައް އަމާޒުވިއެވެ. އެކަމަކު، އޭރު ސަރުކާރުން ރަސްމީ ސިފައެއްގައި އެ ކަމާ ގުޅޭ ގޮތުން ވާހަކައެއް ނުދައްކައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355