twitterviber whatsapp telegramfacebookyoutube instagram
3rd February 2025

ފެހުރިހި ބަލަންދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އަޅުވަން މަޖުބޫރުކޮށްފި

Feb 2, 2025

'ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ' (ސަންޕާ) ސަރަހައްދަށް ފަތުރުވެރިން ގެންދެވޭނީ ސަންޕާ ގައިޑް ސެޓްފިކެޓް ލިބިފައިވާ ގައިޑުންނަށްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީން ވަނީ 'ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ މެނޭޖްމަންޓް ޕްލޭން' އެއް އެކުލަވާލާފައެވެ.

ސައުތް އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަންޕާ) މި ސަރަހައްދުގެ ފަރުތަކާއި އޮއިވަރު ހުންނަގޮތުން މި ސަރަހައްދަށް ގިނައިން ޕްލޭންކްޓަން ޖަމާވެއެވެ. މީގެ ސަބަބުން މި ސަރަހައްދަށް ދުނިޔޭއިން ނެތިދިއުމުގެ ބިރުހީވެފައިވާ ފެހުރިހި އޭގެ ކާނާހޯދުމަށާއި އޭގެ ހަށިގަނޑުގެ ފިނިހޫނުމިން ރެގިއުލޭޓްކުރުމަށް ތިލަވެއެވެ.

ވަކި މޫސުމެއްނެތި ފެހުރިހި މި ސަރަހައްދަށް އެއްވެ އުޅުމުގެ ސަބަބުން ފެހުރިހި ބަލާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދަކަށް މީހުން މި މިސަރަހައްދަށް ފެހުރިހި ބަލާލުމަށް ޖަމާވެއެވެ. މިގޮތުން ދުވާލަކު އެތައް ބަޔަކު މި ސަރަހައްދަށް ސްނޯކަލް ކުރުމާއި ޑައިވް ކުރުމަށް ހަރަކާތްތެރިވުމުގެ ތެރޭގައި ފަހުގެ ތާރީޚެއްގައި ގިނަ ހިތާމަވެރި ހާދިސާތަކެއްވަނީ ހިނގާފައެވެ. މީގެ އިތުރުން މި ސަރަހައްދުގެގާތްގަނޑަކަށް %70 ފެހުރިހީގައި އުޅަނދުފަހަރުގެ ބުރަފަތިން ޖެހި އަނިޔާ ލިބިފައިވާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ފެހުރިހި ބެލުމަށް މޫދަށް ފައިބާ ފަތުރުވެރިނާއި ފަރުތުވެރިން އެ ސަރަހައްދަށް ގެންދާ ފަރާތްތައް ނުވަތަ 'ސަންޕާ ގައިޑުން' އާއި އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިންވެސް އަމަލު ކުރަންޖެހޭ އުސޫލުތައް މި ޕްލޭންގައި ކަނޑައަޅާފައިވެއެވެ. މިގޮތުން ސަންޕާ ގައިޑަކަށްވެވޭނީ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ދޫކުރާ ސަންޕާ ގައިޑް ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށްކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާއިބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މިގޮތުން މެނޭޖްމަންޓް ޕްލޭން ގެޒެޓްކުރާތާ 3 މަސްދުވަހުގެ ފަހުން މި ސަރަހައްދަށް ފަތުރުވެރިން ގެންދެވޭނީ ސަންޕާ ގައިޑް ސެޓްފިކެޓް ލިބިފައިވާ ސަންޕާ ގައިޑުންނަށްކަމަށް ވަނީ ބުނެފައެވެ.

މި މެނޭޖްމަންޓް ޕްލޭން އެކުލަވާލެވިފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ބޭއްވި އެކި މަޝްވަރާ ބައްދަލުވުމުގެ މައްޗަށް ބިނާކޮށްކަމަށް ތިމާވެށްޓާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މި ގޮތުން 8 ބައްދަލުވުމެއްގައި 300 އަށްވުރެ ގިނަ ފަރާތްތަކާއި މަޝްވަރާކޮށްފައިވެއެވެ. އަދި މެނޭޖްމަންޓް ޕްލޭންގެ ނިންމުންތައް ނިންމާފައިވަނީ ކަމާބެހޭ ފަރާތްތައް ހިމެނޭގޮތަށް އެކުލަވާލާފައިވާ އެޑްވައިސަރީ ކޮމިޓީގެ ލަފާގެ މަތިންކަމަށް ވަނީ ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355