އަގުހުރި އޮފާތަކަކާއެކު އައިކެއާގެ މުޅިން އާ އައުޓްލެޓެއް ކުޅުދުއްފުށީގައި ހުޅުވައިފި އެވެ. މި އައުޓްލެޓް ހުޅުވާފައިވަނީ ރޭ ބޭއްވި ރަސްމިއްޔާތުގައި މޭޔަރު މުހައްމަދު އާތިފެވެ.
ކުޅުދުއްފުށީގައި އަލަށް ހުޅުވި އައުޓްލެޓުން ފުރިހަމަ އޮޕްޓިކަލް ޚިދުމަތްތަކެއް ލިބެން ހުރިއިރު ސްޓައިލިޝް އައިނުތަކުގެ ފުޅާ ކަލެކްޝަނެއް ހިމެނެއެވެ. އެގޮތުން، ކަސްޓަމަރުންނަށް ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ނަންބަރު އައިނު، އަވިއައިނު އަދި ފްރޭމްތައް ލިބެންހުންނާނެއެވެ.
މީގެ އިތުރުން މި އައުޓްލެޓުން ފެންވަރު ރަނގަޅު ކޮންޓެކްޓް ލެންސް އަދި ކަސްޓަމައިޒްޑް އޮޕްޓިކަލް ސޮލިއުޝަންސް ލިބެން ހުންނާނެއެވެ.
އައިކެއަރގެ ފަރާތުން ބުނި ގޮތުގައި މި އާ އައުޓްލެޓް ކުޅުދުއްފުށި ސިޓީގައި ހުޅުވުމުގެ މައިގަޑު މަގުސަދަކީ ކުޅުދުއްފުށީގައި 'ކޮމްޕްރެހެންސިވް އޮޕްޓިކަލް ކެއާ'އަށް އޮތް ޑިމާންޑް އިތުރުވަމުންދާތީ އެ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ. އަދި ހަމަ އެހެންމެ، ސިޓީގެ ރައްޔިތުންނަށް އިތުބާރު ހުރި، ޒަމާނީ އައިނު ފަސޭހަކަމާއެކު ލިބޭނެގޮތް މަގުފައި ކޮށްދިނުން ކަމަށެވެ.
އައިކެއާގެ އަމާޒަކީ އެ ސަރަހައްދުގައި އޮޕްޓިކަލް ކެއާގެ އާ މިންގަނޑުތަކެއް ކަނޑައަޅައި، އާންމުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ހައްލު ހޯދުމެވެ. އަދި އައިކެއާއިން ކުޅުދުއްފުށީގައި ފުޅާކުރަން ނިންމި ނިންމުން ދައްކުވައިދެނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެންވަރު ރަނގަޅު އޮޕްޓިކަލްގެ ޚިދުމަތް ކަށަވަރު ކުރުމުގެ ފުޅާ ވިސްނުން ގެންގުޅޭ ކަމެވެ.
ފިހާރަ ހުޅުވުމާ ގުޅިގެން، އަވި އައިނާއި ނަންބަރު އައިނުން 30 ޕަސެންޓުގެ ހާއްސަ ޑިސްކައުންޓެއް ލިބޭނެއެވެ. އަދި ފުރަތަމަ 50 ކަސްޓަމަރުންގެ ތެރެއިން އެއް ބޭފުޅަކަށް ފައިސާ އަނބުރާ ލިބޭނެ ހާއްސަ ޕްރޮމޯޝަނެއް ވެސް ކުރިއަށްދާނެއެވެ. މި އައުޓްލެޓް ހުންނާނީ ފިރުދައުސް މިސްކިތުގެ ކައިރި އުދަރެސް މަގުގެ މާލަމްގޭގަ އެވެ.