twitterviber whatsapp telegramfacebookyoutube instagram
13th December 2025

ސިއްހަތަށް ނުރައްކާވެދާނެތީ ކުކިން ސޯސްއެއް ބޭނުން ނުކުރަން އަންގައިފި

Mar 6, 2025

އޮސްޓްރޭލިއާގެ ކުންފުންޏަކުން އުފައްދައި ވިއްކަމުން އަންނަ ކުކިން ސޯސްއެއް ރާއްޖޭގައި ވިއްކުމާއި ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާ ކޮށްފިއެވެ.

އެފްއެފްޑީއޭއިން މަނާ ކޮށްފައިވަނީ "މާސްޓަރ ފުޑްސް ކްރީމް ޗިކަން އެންޑް މަޝްރޫމް ކުކިންގް ސޯސް" އެވެ.

އެއޮތޯރިޓިން ނެރުނު ބަޔާނެއްގައި ބުނީ، މާސް އޮސްޓްރޭލިއާ ޕޓވ ލޓޑ އިން ތައްޔާރު ކޮށްފައިވާ އެ ސޯސްގެ އެކުލެވިގެންވާ ތަކެތީގެ ތެރޭގައި ބިސް ހިމެނޭ ކަމަށެވެ. ނަމަވެސް މި އުފެއްދުމުގެ ލޭބަލްގައި އެލާޖެންގެ މައުލޫމާތު ހިމަނާފައި ނުވާތީ އެ އުފެއްދުން ބާޒާރުންނެގުމަށް އެކުންފުނިން އަންގާފައިވާ ކަމަށެވެ.

އެމްއެފްޑީއޭއިން ބުނީ، އެ އުފެއްދުން ބާޒާރުން ނެގުމަށް އަންގާފައިވާއިރު، އެ އުފެއްދުން ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް މެދުވެރިކޮށް އަންގާފައިވާ ކަމަށް އެއޮތޯރިޓީން ވަނީ ބުނެފައެވެ.

"މިގޮތަށް އެލާޖަންގެ މައުލޫމާތު ލޭބަލުގައި ހިމަނާފައި ނުވުމަކީ މި އުފެއްދުން ބޭނުން ކުރާ ފަރާތްތަކުގެ ސިއްހަތަށް ނުރައްކަލެއް ދުމާވެދާނެ ފަދަ ކަމެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް އެފަރާތުން ވަނީ ފާހަގަކޮށްފަ" އެމްއެފްޑީއޭއިން ބުންޏެވެ.

އެހެން ކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ތިރީގައި ތަފްސީލް ދެވިފައިވާ އުފެއްދުން ރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އެއޮތޯރިޓީން ވަނީ އަންގާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355