twitterviber whatsapp telegramfacebookyoutube instagram
27th June 2026

މަދިރި ކޮންޓްރޯލް ކުރުމަށް މަދިރި އުފެދޭ ތަންތަނަށް ބޭސް އަޅައިފި

Mar 11, 2025

މަދިރީގެ އުނދަގޫ ބޮޑުވެފައިވާތީ ކުޅުދުއްފުށީގައި މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަށް މަދިރި ބޭސް އަޅައިފި އެވެ.

ސިޓީ ކައުންސިލުން އިސްނަގައިގެން ރަށުގެ ހުރިހާ ކާނުތަކަށާއި، މަދިރި އުފެދޭގޮތަށް ހުރި ތަންތަނަށް މަދިރި ބޭސް އަޅާފައިވެ އެވެ. އެގޮތުން މި މަސައްކަތުގައި ހަރަކާތްތެރިވެފައިވަނީވެސް ކައުންސިލު މުވައްޒަފުންނެވެ.

ރަށުގެ ހުރިހާ ތާރު މަގެއްގެ ކާނުތަކަށް ބޭސް އަޅާާފައިވާއިރު ރަށުގެ އޮޑި އެހެލާ ސަރަހައްދާއި އިރުމަތި ފަރާތު ބޮނބި އޮޅުތަކަށް ވެސް ވަނީ ބޭސް އަޅާފައެވެ.

މަދިރި ފަނި އިތުރަށް އާލާވިޔަ ނުދީ، މަދިރި އަށް ބަދަލުވުމުގެ ކުރިން ފަނި ނައްތާލުމަށް ކައުންސިލުން ބޭނުން ކުރީ "އެބޭޓް" ކިޔާ މަދިރި ބޭހެކެވެ. މި ބޭހުގެ އަސަރު ކުރަމުންދާ މިންވަރު ބެލުމަށްޓަކައި މިވަގުތަށް ވަނީ މަސައްކަތް ނިންމާލާފައެވެ. ނަމަވެސް ކުރިއަށް އޮތްތާ އިތުުރަށް މަދިރި އާލާވާނަމަ އަނެއްކާވެސް މަސައްކަތް ފެށުމަށް ކަައުންސިލުން ނިންމާފައިވެއެވެ.

ގޯތިތެރޭގައި ހުރި ފެން ހަރުލާ ތަންތަން ނައްތާލަައި، އާންމު ސާފުތާހިރުކަމަށް ހާއްސަ އިސްކަމެއްދީ ރައްޔިތުންގެ ފަރުދީ ޒިންމާ އަދާކުރުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355