twitterviber whatsapp telegramfacebookyoutube instagram
3rd July 2025

މި އަަހަރު ހައްޖަށް ދާން ކިއުގައި ތިބި އެންމެންނަށް ދެވޭނެ: ރައީސް

Mar 24, 2025

ހައްޖަށް މީހުން ގެންދާ ސަރުކާރުގެ ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ހައްޖަށް ދާން ކިއު ލިސްޓުގައި ތިބި އެންމެންނަށް މި ބުރުގައި ހައްޖުގެ އަޅުކަމަށް ދެވޭނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"މިއީ ޒަމާންތަކަކަށް ފަހު, އެ އަހަރެއްގައި ކިއުގައި ޖެހިފައި ތިބި އެންމެންނަށް އެ އަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ފާހަގަކުރަން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ހައްޖު ކޯޕަރޭޝަން މެދުވެރިވެގެން ހައްޖަށް ދާން މި އަހަރުގެ ކިއުގައި 850 މީހުން އެބަތިބި ކަމަށެވެ.

"އެ އެންމެންނަށް ހައްޖަށް ދެވޭނެ އިންޝާ ﷲ. ރައީސްގެ އަމާޒަކީ ކިއު ތަރުތީބުން ހައްޖުގެ ފުރުސަތަށް އުނިކަމެއް ނައިސް ގެންދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.

އަލަށް ހައްޖަށް ދާ މީހުންނަށް އިސްކަންދީ، ހައްޖު ތަކުރާރު ކުރެވޭނީ ފަސް އަހަރު ފަހުން ކަމަށް ކަނޑައަޅައި، އިސްލާމިކް މިނިސްޓްރީން މި މަހު ވަނީ އުސޫލެއް ހަދައިފަ އެވެ. އެ މިނިސްޓްރީން ބުނެފައި ވަނީ ހައްޖު ކިއު ލިސްޓުން ޖާގަ ކަށަވަރުވިއަސް ފަރުޟު ހައްޖު އަދާކުރަން ދިގު އިންތިޒާރެއްގައި ތިބި މީހުންނަށް ހައްލެއް ހޯދައިދިނުމަށް، ހައްޖު ކޯޓާ އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355