twitterviber whatsapp telegramfacebookyoutube instagram
27th June 2026

ހާފިޒުން ދަސްވެނިވުމުގެ ފުރަތަަމަ ހަފްލާ މިރޭ

Mar 26, 2025

ރާއްޖޭގައި ކީރިތި ޤުރުއާން ހިތުދަސްކުރާ ހާފިޡުންނަށް ސަނަދުގެ އެރުވުމަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ ދަސްވެނިވުމުގެ ޖަލްސާ މިރޭ ބާއްވަން ތައްޔާރުވެއްޖެއެވެ.

ކީރިތި ގުރުއާން ހިތުދަސްކުރާ އަދަދު ދަނީ ގިނަވަމުންނެވެ. މިއާއެކު މިއަހަރުން ފެށިގެން ގައުމީ ފެންވަރުގެ ވަކި ހަފްލާއެއް އެކަމަށް ބާއްވަން ނިންމާފައިވާކަން ވަޒީރު އިއުލާން ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރޭ ބޭއްވި ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގައެވެ.

މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ، މުޅިން އަލަށް ބާއްވާ ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާއަކީ ކީރިތި ގުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް، ޝަރަފްވެރިކަމާއެކު ސަނަދު އެރުވުމަށް ސަރުކާރުން ބާއްވާ ޖަލްސާއެކެވެ.

މިރޭ ބޭއްވޭ ހާއްސަ ޖަލްސާގައި 24 ޙާފިޡަކަށް ޙާފިޡުކަމުގެ ސަނަދު އަރުވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355