twitterviber whatsapp telegramfacebookyoutube instagram
1st June 2025

ކުޅުދުއްފުށީ ކަސްޓޯޑިއަލްގައި ހުރި މީހެއް އަނެއްކާވެސް އަމިއްލައަށް މަރުވާން އުޅެފި

އަބްދުލް ވާހިދު ޙަސަން
Apr 7, 2025

ކުޅުދުއްފުށީ ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުގައި ހުރި މީހެއް އަނެއްކާވެސް އަމިއްލައަށް މަރުވާން މަސައްކަތްކޮށްފި އެވެ.

ކޭއޯއަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ ބަންދުގައި ހުއްޓައި އަމިއްލައަށް މަރުވާން މިއަދު އުޅުނީ 26 އަހަރުގެ ފިރިހެނެކެވެ. މިހާދިސާއެއް ހިނގީ ގާތްގަނޑަށް މިއަދު މެންދުރުފަހު 14:45 ހާއިރު އެވެ.

އޭނާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާއިރު މިވަގުތު އެމީހާ އޮތީ އީއާރުގަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހާ މީގެ ކުރިންވެސް އަމިއްލަ މަރުވާން މަސައްކަތްކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

މިމަހުގެ ހަތަރުވަނަ ދުވަހުވެސް ކުޅުދުއްފުށީ ކަސްޓޯޑިއަަލްގައި ބަންދުގައި ހުރި މީހެއް ވަނީ އަމިއްލައަށް މަރުވާން މަސައްކަތްކޮށްފަ އެވެ. 34 އަހަރުގެ އެމިހާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ނެވެ.

34 އަހަރު މީހާ ބަންދުކުރީ މަސްތުގެ ހާލަތުގައި ހުރެ ގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގައިގެން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މީގެ ކުރިންވެސް ކުޅުދުއްފުށީ ކަސްޓޯޑިއަލް ހުރި މީހަކު ވަނީ ދަން ޖެހިގެން މަރުވެފައެވެ. އަދި އެކި ފަހަރުމަތިން އެތަނުގައި ބަންދުގައި ތިބޭ މީހުން އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައި އެބަހުއްޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355