twitterviber whatsapp telegramfacebookyoutube instagram
17th September 2026

ށ އަތޮޅުގެ ބައެއް ރަށްރަށުގައި ސަޤާފީ ކުޅިވަރު ދަސްކޮށްދިނުމުގެ ޕްރޮގުރާމެއް ހިންގާނެ ބަޔަކު ހޯދަނީ

Apr 14, 2025

ށ އަތޮޅުގެ ބައެއް ރަށްރަށުގައި ސަޤާފީ ކުޅިވަރު ދަސްކޮށްދިނުމުގެ ޕްރޮގުރާމެއް ހިންގާނެ ފަރާތެއް ހޯދަން ށ އަތޮޅު ކައުންސިލުން އިއުލާނުކޮށްފި އެވެ.

ށ އަތޮޅު ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ އަތޮޅުގެ ބައެއް ރަށްރަށުގައި ސަޤާފީ ކުޅިވަރުގެ ތެރެއިން، ލަނގިރިޖެހުމާއި ދަފިނެގުން ފަދަ ކުޅިވަރު ދަސްކޮށްދިނުމަށް ޕްރޮގުރާމެއް ހިންގާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

ވީމާ، މި ޕްރޮގްރާމް ހިންގައި ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ފޯމު ފުރިހަމަކުރެއްވުމަށް ފަހު 2025 އޭޕްރީލް 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލްކޮށް ދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ނަންބަރު 9911113 އަށް ގުޅުއްވުމުން މަޢުލޫމާތު ސާފުވާނެ ވާހަކަ ދެންނެވީމެވެ.

އެހެންވުމުން އެ ޕްރޮގްރާމް ހިންގައި ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ފޯމު ފުރިހަމަކުރެއްވުމަށް ފަހު 2025 އޭޕްރީލް 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލްކުރުމަށެވެ. އިތުރު މައުލޫމާތު ބޭނުންވާނަމަ 9911113 ނަންބަރަށް ގުޅުމުން މައުލޫމާތު ސާފުވާނެކަމަށް އެ އިދާރާއިން ބުނެ އެވެ.

ބޮޑުއީދަށް ތައްޔާރުވުމުގެ ގޮތުން ގިނަ ރަށްތަކަކުން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ބޮޑުއީދު ދުވަހަކީ ޖޫން 6 ވަނަދުވަހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293