twitterviber whatsapp telegramfacebookyoutube instagram
12th December 2025

ކުޅުދުއްފުށީ ކައިރިއަށް މަސްހިފަން ފޭބި މީހަކަށް މިޔަރެއް ހަމަލާދީފި

އަބްދުލް ވާހިދު ޙަސަން
Apr 19, 2025
5

ކުޅުދުއްފުށީ ކައިރިއަށް މަސްހިފަން ފޭބި މީހަކަށް މިޔަރެއް ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.

މިއަދު ހެނދުނު ގާތްގަނޑަށް 7 ޖަހާއެހާއިރު ހިނގި މިހާދިސާގައި ޒަހަމުވެފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މައުލޫމާތު އެނގޭ މީހަކު ކޭއޯއާ ވާހަކަދައްކަމުން ބުނީ، މިޔަރު ހިފީ، ކުނިކޮއްޓާއި ދިމާލު ބޭރުގައި އުޅެނިކޮށް ކަމަށާއި މިޔަރު ހިފުމަށްފަހު މަސައްކަތްކުރީ މީހާ ގޮވައިގެން އަޑިއަށް ދިޔުމަށް ކަމަށެވެ. އެކީގައި މަސްހިފަން ދިޔަ މީހުންގެ އެހީތެރިކަމާއެކު ނަގައި ހޮސްޕިޓަލަށް ގެންގޮސް މިހާރު އަންނަނީ އެތަނުގައި ފަރުވާދެމުންނެވެ.

"މިހާ މަތީގައި އޮތްވާ މިޔަރު އެރިގޮތަށް އަރާ ހިފީ. އޭރު އަތަކު މަހެއްވެސް ނެތް." މައުލޫމާތު އެނގޭ އެހެން މީހަކު ކިޔައިދިނެވެ.

އާންމުކޮށްވެސް މަސްހިފަން ފީނަށް ގޮސް އުޅޭ މި މީހާއަށް މިޔަރު ހަމަލާދީފައިވަނީ ކަނާތު ކޮނޑަށެވެ. ކޮނޑުމަތީގެ ބޮޑު ސަރަހައްދެއް ވަނީ ޒަހަމުކޮށްލާފަ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ މީހާއަށް ހަމަލާދިނީ އާދައިގެ މިޔަރެއްކަމަށްވާ "ބްލެކް ޓިޕް" އެކެވެ.

ކޭއާރުއެޗުން ބުނީ، އެމީހާގެ ހާލު މިވަގުތަށް ސްޓޭބަލް ކަމަށާއި ޒަހަމުވިތަނުން ލޭމަނާކުރެވިފައިވާ ކަމަށެވެ. އަދި ކޮނޑުހުޅުން ނެއްޓިފައިވާތީ ހުޅަށް އެރުވުމަށާއި ބަލަން ޖެހޭ އިތުރުކަންކަން ބެލުމަށް އޮޕަރޭޝަން ޓިއެޓަރުގައި ފަރުވާދެމުންދާ ކަމަށެވެ.

ނޯޓް: ހަބަރު ޝާއިރުކުރުމަށްފަހު ވަނީ ބައެއް ބަދަލުތައް ގެނެވިފަ.
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355