twitterviber whatsapp telegramfacebookyoutube instagram
6th May 2025

ކުޅުދުއްފުށީ ސްކޫލްތަކުގެ ޖާގައިގެ މައްސަލައާ ގުޅޭ ގޮތުން ކުރި ސުވާލުތަކަށް މިނިސްޓަރުގެ ފިނި ޖަވާބެއް

އަބްދުލް ވާހިދު ޙަސަން
May 6, 2025

ކުޅުދުއްފުށީ ސްކޫލްތަކުގެ އަޅަން ފަށާފައިވާ އިމާރާތްތައް ނުނިމި ދިގުލައިދާ މައްސަލައާ ގުޅޭ ގޮތުން މަޖިލީހުގައި ސުވާލުކުރުމުން އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ފިނި ޖަވާބެއް ދެއްވައިފި އެވެ.

ރައްޔިތުން މަޖިލީހުގައި އިތުރު ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ވިދާޅުވީ، ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ ތިން ސްކޫލްގައި އިމާރާތްކުރަން ފަށާފައި މަޝްރޫއުތައް ނުނިމި ދިގުލައި ގޮސް މިހާރު 7 އަހަރުވެފައިވާއިރު އެ ކޮންޓްރެކްޓަރުންނަށް ކުރީގެ ސަރުކާރުން ފައިސާވެސްދީފައިނުވާ ކަމަށެވެ. އެހެންވުމުން އެ މަޝްރޫއުތަކުގެ އަދާހަމަ ދެއްވުމަށް އެދިލެއްވި އެވެ.

އަދި މީގެ އިތުރުން ޖާގައިގެ މައްސަލަ ހައްލުކުރަން އިތުރު ސްކޫލް ޕްރޮޖެކްޓެއް ލިބޭނީ ކިހާތާކުތޯ އާއި ސެޕްޓެމްބަރުމަހު ގުރޭޑް 11 އަށް ކުދިން ވައްދާއިރު ޖަލާލުއްދީން ސްކޫލްގެ ޖާގައި މައްސަލަ ވަރަށް ބޮޑު ކަމަށެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ޝަފީއު ވިދާޅުވީ، ޖަލާލުއްދީން ސްކޫލާއި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ މަޝްރޫއުތައް ވަރަށް ބޮޑަށް ލަސްވެގެންދިޔަ ކަމަށާއި މަސައްކަތްކުރީ ކޮންޓްރެކްޓް ބާތިލުކުރަން ކަމަށެވެ. ނަމަވެސް ކޮންޓްރެކްޓަރ އާއެކު ދެކެވުނު ވާހަކައިން މަޝްރޫއު ކުރިއަށްގެންދާނެކަމުގެ ޔަގީންކަމެއްދީފައިވާ ކަމަށެވެ.

އަދި އެންމެފަހުން އަޕްޑޭޓެއް ބަލާލިއިރު ހދ އަތޮޅު ތައުލީމީ މަރުކަޒުގައި އަޅައި އިމާރާތުގެ ފުރާޅުގެ މަސައްކަތަށް ބޭނުންވާ ސާމާނު ރަށަށް ފޮނުވުމުގެ މަސައްކަތްކުރަމުންދާކަމުގައި މައުލޫމާތު ލިބިލައްވާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ޝަފީއު މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވީ، ޖަލާލުއްދީން ސްކޫލް އިމާރާތުގައި ސްލަބް އެޅުމުގެ މަސައްކަތް މިހާރު ހިންގަމުންދާ ކަމަށެވެ.

އަފީފުއްދީން ސްކޫލްގައި އަޅަމުންދާ އިމާރާތާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ، އެ މަޝްރޫއު ކުރިއަށްގެންދަނީ ވެންޒާ ނަމަކަށް ކިޔާ ކުންފުންޏަ ހަވާލުކޮށްގެން ކަމަށާއި އެކަށީގެންވާ ވަރަށް މަސައްކަތްކުރަމުންނުދާ ނަމަ ކޮންޓްރެކްޓް ބާތިލްކޮށްފައިވެސް ޕްރޮޖެކްޓް ކުރިއަށްދާނެ ކަމަށެވެ. އަފީފުއްދީން ސްކޫލާއި ޖަލާލުއްދީން ސްކޫލްގެ މަޝްރޫއުއަކީ ގާތްގަނޑަށް އެއްގޮތަކަށްވެސް ކުރިއަށްނުދާ މަޝްރޫއުތަކަށްވާއިރު އެ މަޝްރޫއުތަކާ ބެހޭ ގޮތުން މިނިސްޓަރު ދެއްވީ ވަރަށް ފިނި ޖަވާބުތަކެކެވެ.

އާ ސްކޫލް ޕްރޮޖެކްޓާއި 11 ކުދިންގެ ޖާގައިގެ މައްސަލާއާ ގުޅިގެން މެންބަރު ކުރެއްވި ސުވާލަށް މިނިސްޓަރު ޖަވާބުވެސް ނުދެއްވަ އެވެ.

2023 ވަނަ އަހަރު ޖާގައިގެ މައްސަލަ ހައްލުކުރަން ކުޅުދުއްފުށީ އާ ސްކޫލެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭރު އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި އެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާ ގުޅިގެން އެ މަޝްރޫއަށް ވީގޮތެއް ވަނީ ސާފުނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355