twitterviber whatsapp telegramfacebookyoutube instagram
11th February 2026

ހެލްތް މިނިސްޓަރ ޑރ. އާމިނަތު ޖަމީލް މާދަމާގެ ވަގުތެއްގައި ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެ: ގައުމީ އިދާރާ

Jun 14, 2011

އިބްރާހިމް ހަމީދު

ހެލްތް މިނިސްޓަރ ޑރ. އާމިނަތު ޖަމީލް މާދަމާގެ ވަގުތެއްގައި ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެ ކަމަށް މަތިއުތުރު ސަރަހައްދުގެ ގައުމީ އިދާރާއިން ބުނެފިއެވެ.

ކުޅުދުއްފުށި އޮންލައިން އަށް މައުލޫމާތު ދެއްވަމުން މަތިއުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ހުނައިފް ވިދާޅުވީ، މިނިސްޓަރުގެ މިދަތުރުފުޅަކީ މަތިއުތުރު ސަރަހައްދުގައި ހިމެނޭ ހއ، ހދ އަދި ށ އަތޮޅުގައި ހުރި ސިއްހީ ހިދުމަތް ދޭތަންތަން ބައްލަވާލެއްވުމުގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މެޓާރނިޓީ ވެއިޓިން ހޯމްގެ އިމާރާތުގެ ބިންގާއަޅައިދިނުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

ހެލްތް މިނިސްޓަރގެ މިދަތުރުފުޅުގައި މަތިއުތުރު ސަރަހައްދުގެ ހެލްތު ކޯޕަރޭޝަނުގެ އިސް ވެރިންނާއި ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ބެފުޅުންނާއެކު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުފުޅުގައި 05 ބޭފުޅުންގެ ޓީމެއް ހިމެނޭ ކަމަށް ގައުމީ އިދާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ހުނެއިފް މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355