twitterviber whatsapp telegramfacebookyoutube instagram
11th September 2025

ކުޅުދުއްފުށީގައި ބާއްވާ އިސްރަށްވެހިންގެ ދުވަހުގެ ހަވީރު އަންނަ ހޮނިހިރު ދުވަހު

Sep 11, 2025

ދިވެހި ރެޑްކްރެސެންޓް އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިސްރަށްވެހިންގެ ހަވީރު، 13 ސެޕްޓެމްބަރު 2025 ވާ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިއްޖެ އެވެ.

އެފަރާތުން މައުލޫމާތު ދިން ގޮތުގައި މި ހަވީރު އޮންނާނީ އެދުވަހުގެ ހަވީރު 04:00 އިން 05:30 އަށް ސްޓޭޑިއަމުގައެވެ.

މި އަހަރުގެ އިސްރަށްވެހިންގެ ހަވީރުގެތެރޭގައިވެސް ގިނަ ހަރަކާތްތަކެއް ހިމެނޭކަމަށް އެފަރާތުން މައުލޫމާތު ދިނެވެ. އެގޮތުން، ސިއްހީ ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކާއި، ކުޅިވަރުތަކާއި، ގުޅުން ބަދަހިކުރުން އަދި އެނޫންވެސް އެކި ހަރަކާތްތައް ހިމެނޭކަމަށް އެ ފަރާތުން މައުލޫމާތު ދިނެވެ.

ރެޑް ކްރެސެންޓް އިން މައުލޫމާތު ދިން ގޮތުގައި މި އަހަރުވެސް ކުޅުދުއްފުށީގެ އެކި މުއައްސަސާތަކުންވެސް މި ހަވީރުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ސިޓީ ކައުންސިލާއި، އަންހެނުންގެ ކޮމިޓީ، ހޮސްޕިޓަލް، ފެމިލީ އެންޑް ޗިލްރަންސް ސަރވިސް ސެންޓަރު، ފުލުހުން އަދި ޔަންގް ލީޑަރސް އިން ބައިވެރިވާނެއެވެ. މީގެއިތުރުން، ގައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލުގެ ދަރިވަރުންނާއި އަލްޒައިމާ ސޮސައިޓީންވެސް މި ހަވީރުގައި ބައިވެރިވާނެވެ.

ކޮންމެ އަހަރެއްގެވެސް އިސްރަށްވެހިންގެ ހަވީރަކީ އުމުރުން ދުވަސްވީ ފަރާތްތަކުން، އެއުމުރުގެ އެކި ފަރާތްތަކާ ބައްދަލުކޮށް، ހަނދާންތައް އާކޮށް، ރަހުމަތްތެރިކަން އިތުރުކުރުމަށް ފަހިކޮށްދެވޭ ފުރުސަތެކެވެ. މި ހަވީރުގައި ބައިވެރިވުމުގެ ފުރުސަތު، އުމުރުން 65 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.

މި އަހަރުގެ އިސްރަށްވެހިންގެ ހަވީރު ކުރިއަށް ގެންދަނީ އަލިފުޅުތުއްތު ފައުންޑޭޝަނުގެ މާލީ އެހީތެރިކަމާއެކުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355