twitterviber whatsapp telegramfacebookyoutube instagram
14th October 2026

ކުމުންދޫ އީދު މިސްކިތް؛ ކައުންސިލުން ތަރައްގީކުރި މުހިންމު ތަރިކައެއް

Sep 15, 2025

ހދ ކުމުންދޫގައި ހުންނަ އާސާރީ މިސްކިތެއްކަމަށްވާ 'އީދު މިސްކިތް' މަރާމާތުކޮށް، ހެރިޓޭޖް ސައިޓެއްގެ ގޮތުގައި އެ ސަރަހައްދު ތަރައްގީކޮށް ހުޅުވައިފި އެވެ.

އެރަށު 'އީދު މިސްކިތް' ބިނާކޮށްފައިވަނީ 1925 ވަނަ އަހަރު ކުޑަރިކިލު މުހައްމަދު އަލީ މަނިކު (ކުޑަރިކިލު ނައިބު މުހައްމަދު ކަލޭފާނެ) މޭސްތިރިކަމުގަ އެވެ.

މިސްކިތަށް ސަތޭކަ އަހަރުފުރުމާ ދިމާކޮށް މިދިޔަމަހު 26 ވަނަ ދުވަހު ހުޅުވި މި މިސްކިތާއި ހެރިޓޭޖް ސައިޓް ހުޅުވައިދެއްވީ ކުމުންދޫ ރައީސް އަމީން މުހައްމަދެވެ. މި ރަސްމިއްޔާތުގައި ބެއަރފުޓްގެ އޯނަރ ކްރިޝްވެސް ބައިވެރިވެލެއްވި އެވެ.

ކައުންސިލުން ތަރައްގީކޮށް މަރާމާތުކުރި މި ސައިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، އެރަށެއްގެ ރައްޔިތުންނާއި އެރަށެއްގެ އިދާރާތަކުން އެރަށެއްގެ ހުރި ތަރިކަތަކަށް ސަމާލުކަން ނުދިން ވަރަކަށް އެހެން ބަޔަކު އެތަންތަން ހިމާޔާތްކުރަން އަންނާނެކަމަށް ދެކިގެން ނުވާނެ ކަމަށެވެ.

ރައްޔިތުންގެ ބައިވެރިވުމާއެކު ބިނާކުރި އެ މިސްކިތުގައި ކާބަފައިންގެ އިމާރާތްކުރުމުގެ ފަންނުވެރިކަން ދައްކައިދޭ ރީތި މިސްކިތެކެވެ. މިސްކިތް ބިނާކޮށްފައިވަނީ އުވަ ދަވައިހެން މޫދު ގާ ތަޅައިގެންނެވެ. މިސްކިތުގެ މިންބަރު ހަދާފައިވަނީ އުވައިންނެވެ. އަދި މަތިވަނޑާގަނޑަކީ ނިރޮޅެވެ. ތަނބުތައް ހަދާފައިވަނީ ލަކުޑިންނެވެ.

މި މިސްކިތުގައި ނަމާދު ކުރުން ހުއްޓާލީ 2002 ވަނަ އަހަރު އެވެ. މި ކައުންސިލްގައި މިސްކިތް މަރާމަތުކޮށް ހުޅުވީ ރަށުގެ ތަރިކަ އާއި ސަގާފަތް ރައްކާތެރިކުރުމުގެ މުހިންމު ބޭނުމުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293