twitterviber whatsapp telegramfacebookyoutube instagram
27th September 2026

ކުމުންދޫ ކަރާ ދަނޑުތަކަށް ބަޔަކު ގެއްލުންދީފި

އަބްދުލް ވާހިދު ޙަސަން
Oct 20, 2025

ހދ ކުމުންދޫ ކަރާ ދަނޑުތަކަށް ރޭ ބަޔަކު ގެއްލުންދީފި އެވެ.

ރޭ ވަގުތެއްގައި ކުމުންދޫގެ ކަރާ ދަނޑުތަކަށް ބަޔަކު ވަދެ ކަރާތައް ހަލާކޮށް ދަނޑުގައި ބޭނުންކުރާ ބައެއް ސާމާނަށްވެސް ގެއްލުންދިނެވެ.

އެގޮތުން ތިން ދަނޑަށް ގެއްލުންދީފައިވެ އެވެ. ކުމުންދޫ ރައީސް އަމީން މުހައްމަދު ވިދާޅުވީ، ތިން ދަނޑަށް ދިން ގެއްލުމުގެ އަގަށް ބަލާއިރު ގާތްގަނޑަކަށް 15000 ރުފިޔާ އަރާނެ ކަމަށެވެ.

މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293