twitterviber whatsapp telegramfacebookyoutube instagram
6th October 2026

ހދ. ފެލެމީ އެންޑް ޗިލްރަން ސާވިސް ސެންޓަރުގެ ސިޔާސީ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި

Oct 23, 2025
5

ކުޅުދުއްފުށީގައި ހުންނަ ހދ. ފެލެމީ އެންޑް ޗިލްރަން ސާވިސް ސެންޓަރަށް ސިޔާސީ މަގާމެއް ހަމަޖައްސައިފި އެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީގެ ދަށުން ހިންގާ ހދ. އެފްސީއެސްސީއަށް ސިޔާސީ ބޭފުޅަކު ހަމަޖެއްސި މިއީ ފުރަތަމަ ފަހަރެވެ.

އެ އޮފީހުގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސެވީ ކުޅުދުއްފުށީ ޕީއެންސީ އުތުރު ދާއިރާގެ ސްޓެއަރިން ކޮމެޓީގެ މެންބަރެއް ކަމަށްވާ އައިޝަތު އަލީ އެވެ.

އޭނާ އޮފީހަށް ނުކުންނަވާތާ ދުވަސްކޮޅެއް ވަނީ ވެފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ އޮފީހަށް އަދިވެސް އިތުރު ސިޔާސީ ދެ ބޭފުޅަކު އަންޔަނުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ފަހަކަށް އައިސް ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ އިދާރާތަކަށް ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި ޕޮލިޓިކަލް ޑިރެކްޓަރުން ދަނީ އައްޔަނުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293