twitterviber whatsapp telegramfacebookyoutube instagram
6th October 2026

ތިނެއް ނޮވެމްބަރުގައި ޝަހީދު ހުސައިން އާދަމް ބިނާ ހުޅުވަނީ

އަބްދުލް ވާހިދު ޙަސަން
Oct 23, 2025

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުޅުދުއްފުށީގައި ތަރައްގީކުރަމުންދާ ޝަހީދު ހުސައިން އާދަމް ބިނާ ތިނެއް ނޮވެމްބަރަށް ހުޅުވަން މަސައްކަތްކުރަމުންދާ ކަމަށް ކައުންސިލުން ބުނެފި އެވެ.

ބަންޑާރަމައިދާން ސަރަހައްދުގައި ތަރައްގީކުރާ މި ތަނުގެ އެންމެ ފަހުގެ މަސައްކަތްތައް ކައުންސިލުން އިއްޔެ ވަނީ ދައްކާލައިފަ އެވެ. ބިނާގެ މަސައްކަތް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ގަހާއި ވިނަ އިނދުމާއި ބިންގަނޑު ލެވެލްކުރުމުގެ ފަހުގެ މަރުހަލާ އެވެ.

މޭޔަރު މުހައްމަދު އާތިފް "ކޭއޯ"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ, ބިނާގެ ބޮޑުބައި ނިމިފައިވާއިރު މިހާރު މަސައްކަތްކުރަމުންދަނީ ތިނެއް ނޮވެމްބަރަށް އެތަން ހުޅުވަން ކަމަށެވެ.

ތިނެއް ނޮވެމްބަރަކީ ރާއްޖޭގައި ފާހަގަކުރާ ނަސްރުގެ ދުވަހެވެ. އެ ދުވަހުގެ އެންމެ ވަރުގަދަ ބަތަލަކީ ކުޅުދުއްފުއްޓަށް އުފަން، ކުޅުދުއްފުށީގެ ފަހުރު ކަމަށްވާ ޝަހީދު ހުސެއިން އާދަމެވެ.

1988ގައި ބޭރުގެ ކުލީ ބަޔަކު މާލެއަށް ހަމަލާދީ ރާއްޖެ ހިފަން ކުރި މަސައްކަތުގައި އެ މީހުންނާ ކުރިމަތިލާ ހިނގި ހަނގުރާމާގައި ޝަހީދުވި ސިފައިންގެ ތެރޭގައި ކުޅުދުއްފުށީ, މާވާގެ ޝަހީދު ހުސައިން އާދަމް ހިމެނިވަޑައިގަންނަވަ އެވެ. މި ބިނާ ފަރުމާކޮށްފައިވަނީ ރާއްޖެ ސަލާމަތްކުރަން ހަނގުރާމަކުރިއިރު ޝަހީދު ހުސައިން އާދަމް ގެންގުޅުއްވި އޭކޭ47 ރައިފަލް ފެންނަ ގޮތަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293