twitterviber whatsapp telegramfacebookyoutube instagram
12th December 2025

ކުޅުދުއްފުށީގައި އިސްލާމީ މައުކަޒެއް އަޅާނެކަމަށް ރައީސް ވިދާޅުވެއްޖެ

Aug 26, 2025

ކުޅުދުއްފުށީ ސިޓީގައި އިސްލާމީ މަރުކަޒެއްގެ އިތުރުން ސިޓީ ހޮޓަލެއް ގާއިމު ކުރުމުގެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.

ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އިސްލާމީ މަރުކަޒެއް އެ ރަށުގައި އެޅުމުގެ މަސައްކަތް އަންނަ އަހަރު ކުރިއަށް ގެންދާނެ ކަމަށެވެ.

އޭގެ އިތުރުން ކުޅުދުއްފުށީ އެއާޕޯޓާ އިންވެގެން އޮތް ބިމުން އިގުތިސޯދީ ފައިދާ ނެގޭނެ ގޮތް ހެދުމަށް އެ ތަނުގައި ސިޓީ ހޮޓަލެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ބިމުގައި އިންވެސްޓްކުރުމުގެ ފުރުސަތު ކައުންސިލުން އިކޮނޮމިކް މިނިސްޓްރީއަށް ފަހިކޮށްދޭހާ އަވަހަކަށް އެ ތަނުގައި ސިޓީ ހޮޓަލެއް އެޅުމަށް ހުޅުވާލާނެ އެވެ.

ސިޓީ ހޮޓަލެއް އަޅަން ސަރުކާރުން ނިންމި ބިމަކީ ކުޅުދުއްފުށީގެ ކުޅީގެ ބައެކެވެ. އެ ތަން މިހާރު އޮތީ އެއްވެސް ބޭނުމެއް ނުކުރެވި، އާންމުންނަށް ވެސް ބަންދުކޮށްފަ އެވެ.

ކުޅުދުއްފުއްޓާ ޖެހިގެން އޮތް ހދ. ކޭލަކުނުގައި އީކޯ ޓޫރިޒަމްގެ ގާއިމް ކުރުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަޝްރޫއު ވާނީ އެމްޓީޑީސީއާ ހަވާލުކޮށްފައި ކަމަށާއި އެ ތަނުގެ ޑިޒައިން ވެސް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަޝްރޫއުގެ ފައިނޭންސިން ވެސް ވަނީ އެމްޓީޑީސީން އަމިއްލައަށް ހަމަޖައްސާފައި ކަން ރައީސް ފާހަގަކުރެއްވި އެވެ. ކުޅުދުއްފުށީގައި އިސްލާމިކް މައުރަޒަކާއި އިސްލާމީ ޔުނިވާސިޓީގެ ގޮޕެއް ގާއިމުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީއާ ބައްދަލުކުރައްވައި މޭޔަރު މުހައްމަދު އާތިފުވެސް ވަނީ އެދިވަޑައިގަންނަވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355