twitterviber whatsapp telegramfacebookyoutube instagram
28th June 2026

ނޮޅިވަރަމު ކުޅީގައި ޕްލެޓްފޯމެއް ތަރައްގީކުރާނެ ބަޔަކު ހޯދަން ހުޅުވާލައިފި

Dec 7, 2025

ހދ ނޮޅިވަރަމު ކުޅި ސަރަހައްދުގައި ޕްލެޓްފޯމްއެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދަން ހުޅުވާލައިފި އެވެ

ނޮޅިވަރަމް ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އެރަށު ކުޅި ސަރަހައްދުގައި ޕްލެޓްފޯމެއް ތަރައްގީކުރަން ބޭނުންވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެހެންވުމުން ބީލަމުގައި ބައިވެރިވާ ބޭނުންވާ ފަރާތްތަކުން 14 ޑިސެމްބަރު 2025 ވާ (އާދީއްތަ) ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރުމަށެވެ. ބީލަމުގައި ބައިވެރިވުމަށް މިއިދާރާގެ ނަންބަރ 6520043 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް ބޭނުންކޮށްގެންވެސް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

މައުލޫމާތު ކަރުދާސް، ކުރެހުން އަދި ބީއޯކިއު ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މެއިލް ކުރެވޭނެކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓަރުކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށްވެސް ކައުންސިލުން މައުލޫމާތުދެ އެވެ.

19 ވަނަ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ގެނައި ހެޔޮ އިސްލާހުތަކާއެކު ކައުންސިލްތަކުން ރަށްރަށުގެ ތަރައްގީއަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމަކު އޭގެ ތެރެއިން ގިނަ އިސްލާހުތައް މިސަރުކާރުން މަޖިލީހަށް ހުށަހަޅައި ވަނީ ބަދަލުގެނެސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355