twitterviber whatsapp telegramfacebookyoutube instagram
7th October 2026

ކުމުންދޫ މޮނިއުމަންޓްގެ ބޮޑު ބައި ނިމިއްޖެ، ޖެނުއަރީމަހު ހުޅުވަނީ

Dec 18, 2025

ހދ ކުމުންދޫގައި ހަދައި އެރަށު މޮނިއުމަންޓްގެ 90 އިންސަތަ މަސައްކަތް ނިންމާލެވިފައިވާކަމަށް ކައުންސިލުން ހާމަކުރައްވައިފި އެވެ.

ބަނދަރު ސަރަހައްދުގައި ހަދައި މި މޮނިއުމަންޓްގެ ތަރައްގީކުރަނީ ހިތްހަމަޖައްސަލައި މަޑުކޮށްލާނެ މައިޒާނަކާއެކު އެވެ.

ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވީ، ކައުންސިލުގެ ބަޖެޓުން ތަރައްގީކުރާ މި މޮނިއުމަންޓްގެ 90 އިންސަތަ މަސައްކަތް މިހާރު ނިންމިފައިވާ ކަމަށާއި މަސައްކަތް ކުރަމުންދަނީ މިފެށޭ އަހަރުގެ ޖެނުއަރީމަހުގެ ފުރަތަމަ ދުވަހު ހުޅުވުމަށް ކަމަށެވެ.

ތާނައަކުރުން ކުމުންދޫގެ ނަން ލިޔުމުގެ އިތުރުން އެތަނުގައި ގަހާއި މީހުން މަޑުކޮށްލައިގެން ތިބެވޭނެ ފަދަ އިންތިޒާމުތައް މޮނިއުމަންޓް ހިމެނޭ ސަރަހައްދުގައި ގާއިމުކުރެވިގެންދާނެ އެވެ.

މޮނިއުމަންޓްގެ އިތުރުން ކުމުންދޫ ކައުންސިލުން އަންނަނީ އެރަށު ކުނިކޮށި ހެދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އަދި އަލަށް އާބާދުވާ ސަރަހައްދުގައި މަގު ބައްތި ޖެހުމުގެ މަސައްކަތާއި ކައުންސިލް އިދާރާގެ ކަރަންޓް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަޝްރޫއުވެސް ކައުންސިލުން އަންނަނީ ހިންގަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293