twitterviber whatsapp telegramfacebookyoutube instagram
2nd February 2026

ސަރުކާރަށް ލަފާދޭން އެކުލަވާލާ 3 ކޮމެޓީއަކަށް މެންބަރުން ހޯދަނީ

ނަބީލާ އިސްމާޢީލް
Feb 2, 2026

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

މިގޮތުން އެކުލަވާލެއްވުމަށް ނިންމަވާފައިވަނީ

ޓޫރިޒަމް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ: ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް.
ކޮންސްޓްރަކްޝަން ސެކްޓާ އެޑްވައިޒަރީ ކޮމިޓީ: އިމާރާތްކުރުމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކުރުމަށް.
ފިޝަރީޒް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ: މަސްވެރިކަމާއި މެރިކަލްޗާގެ ސިނާއަތް ކުރިއެރުވުމަށް.


ރައީސް އޮފީހުން ބުނީ، މި ކޮމިޓީތަކުގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 16 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ކަމަށެވެ. މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅޭނެއެވެ.

މި ކޮމިޓީތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ މެންބާޝިޕް ފޯމާއި، ކުށާއި ދަރަނީގެ ރިކޯޑް ފޯމުތައް މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި ރައީސް އޮފީހުގެ ރިސެޕްޝަނުންވެސް މި ފޯމުތައް ލިބެން ހުންނާނެ ކަމަށް އެ އޮފީހުން މައުލޫމާތުދެއެވެ.

މި ފަންނީ ކޮމިޓީތަކަކީ ރާއްޖޭގެ އިގްތިސާދީ މައިގަނޑު ތިން ދާއިރާގެ ތަޖުރިބާކާރުންގެ މަޝްވަރާއާއި އިރުޝާދު ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމުގައި ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ މުހިންމު ކޮމިޓީތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355