ސިއްހީ އެމަޖެންސީ ހާލަތްތަކުގައި ބޭނުންކުރުމަށް ޖަޕާން ސަރުކާރުގެ ފަރާތުން ރާއްޖެއަަށް، ސީއެމްބިއުލާންސެއް ހަދިޔާކޮށްފިއެވެ.
މި އުޅަނދު ރަސްމީކޮށް ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ. އަދި ރާއްޖޭގެ ފަރާތުން މި އުޅަނދާއި ހަވާލުވެވަޑައިގަތީ ރާއްޖޭގެ ޑިފެންސް މިނިސްޓަރ ޣައްސާން މަޢުމޫނެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ޖަޕާން ސަރުކާރުގެ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް" ހިލޭ އެހީގެ ދަށުން ފޯރުކޮށްދި މި ދީލަތި އެހީގެ ސަބަބުން، ރާއްޖޭގެ ރަށްތަކަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައާއި، އެ ހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ހުރި ފުރުސަތުތައް އިތުރަށް ހަރުދަނާވެ، ފުޅާވެގެންދާނެކަމަށެވެ.
Minister of Defence @mgmaumoon officiated the Sea Ambulance Handover Ceremony along with Her Excellency, Mrs. ISHIGAMI Rumiko, Ambassador of Japan to the Maldives, today.
— Ministry of Defence (@MoDmv) February 2, 2026
This generous donation from the Government of Japan under the Grant Aid for Economic & Social Development… pic.twitter.com/Ks2HngfHva
އެ ގްރާންޓްގެ ދަށުން ޖަޕާނުން ވަނީ، ރާއްޖޭގެ ބައިނަލްއަގުވާމީ ބަނދަރުތައް ބެލެހެއްޓުން ހަރުދަނާ ކުރުމާއި ސަވެއިލެންސްގެ މަސައްކަތަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް މިދިޔަ ނޮވެންބަރު މަހު ވެސް އުޅަނދެއް ހަދިޔާ ކޮށްފައެވެ.
ރާއްޖޭގައި ސީއެމްބިއުލާންސްއާއި އެއާ އެމްބިއުލާންސްގެ ހިދުމަތް ވެސް ދެމުން އަންނައިރު، އެ ދެ ހިދުމަތް ފުޅާ ކުރުމަށް ސަރުކާރުން އަަންނަނީ މަސައްކަތް ކުރަމުންނެވެ.
ޑިފެންސް މިނިސްޓްރީން ވަނީ، މިއަހަރު ނުވަ ރަށެއްގައި އަލަށް ސީ އެމްބިއުލާންސްގެ ހިދުމަތް ގާއިމްކޮށް، ތިން ރަށެއްގައި އަލުން އެ ހިދުމަތް ފަށާނެ ކަމަށް ބުނެފައެވެ.




