twitterviber whatsapp telegramfacebookyoutube instagram
3rd February 2026

އުރީދޫން ޓެމޫގެ 100 ޑޮލަރުގެ ޑިސްކައުންޓް ބަންޑަލްއެއް ދެނީ

ނަބީލާ އިސްމާޢީލް
Feb 3, 2026

އުރީދޫން ރޯދަ މަހަށް ހާއްސަކޮށް، ޓެމޫއިން 100 ޑޮލަރުގެ ޑިސްކައުންޓު ބަންޑަލެއް ލިބޭ އޮފާއެއް ތައާރަފްކޮށްފި އެވެ.

މި އޮފާ ތައާރަފްކުރީ މިއަދު އުރީދޫ ހެޑް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި އުރީދޫގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް، ބްރޭންޑް އެންޑް މާކޮމްސް، މަރިޔަމް ޝިއުނާ ހަމީދު ވިދާޅުވީ ޓެމޫއާ ޕާޓްނާވެ މިފަދަ އޮފާއެއް އުރީދޫން ތައާރަފްކުރީ، އެ ޕްލެޓްފޯމަކީ ގިނަ ބަޔަކު ވިޔަފާރިކުރާ ޕްލެޓްފޯމަކަށްވުމުން ކަމަށެވެ. އަދި ރޯދަ މަހަށް ހާއްސަކޮށް، ގިނަ ބަޔަކު ޓެމޫއިން ވިޔަފާރިކުރަމުން އަންނައިރު، މި އޮފާގެ ދަށުން އުރީދޫގެ 50،000 ކަސްޓަމަރުންނަށް 100 ޑޮލަރުގެ ޑިސްކައުންޓް ބަންޑަލް ކޫޕަންތަކެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ޓެމޫގެ މި އޮފާ އަކީ އުރީދޫ އެޕް މެދުވެރިކޮށް 100 އިން މަތީގެ ރިޗާޖުކުރާ ކަސްޓަމަރުންނާއި 100ރ މަތީގެ ޕެކޭޖު ހިޔާރުކުރާ ކަސްޓަމަރުން ނުވަތަ 100ރ އިން މަތީގެ އެޑްއޮން ހިޔާރުކުރާ ކަސްޓަމަރުންނަށް ލިބޭ އޮފާއެކެެވެ.

އުރީދޫ އެޕް މެދުވެރިކޮށް 100ރ ހޭދަކުރުމުން، އެޕުން ކޫޕަން ފެންނާނެ އެވެ. އަދި އެ ކޫޕަން ސްކްރެޗްކުރުމުން އޭގައި ހިމެނޭ ކޫޕަން ކޯޑު ލިބޭނެ އެވެ.

މި އޮފާ ތައާރަފްކޮށްފައި ވަނީ އުރީދޫ އެޕުން ސީދާ ޓެމޫ އެޕަށް ދެވޭ ގޮތަށެވެ. ޓެމޫ އެޕަށް ވަދެ، ކޫޕަން ހިޔާރުކޮށް، ކޫޕަންގައިވާ ކޯޑު ބޭނުން ކޮށްގެން ޑިސްކައުންޓް ބަންޑަލް ހޯދޭނެ އެވެ.

މި އޮފާ އަކީ އުރީދޫގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް ލިބޭނެ އޮފާ އެކެވެ. މި އޮފާ ލިބޭނީ އެޕް މެދުވެރިކޮށް 100ރ ހޭދަކުރާ ފުރަތަމަ 50،000 ކަސްޓަމަރުންނަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355