twitterviber whatsapp telegramfacebookyoutube instagram
14th February 2026

ކައުންސިލް އިންތިޚާބާ ގުޅޭ ދެ މައްސަލައެއް ސުޕްރީމް ކޯޓަށް

Feb 14, 2026

ކުރިޔަށް އޮތް ލޯކަލް ކައުންސިން އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅޭ ދެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

އެ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ އޭޕްރީލް މަހު ހަތަރު ވަނަ ދުވަހުގައެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން، އެ ކޯޓަށް ހުށަހަޅާފައިވާ، އިންތިޚާބާ ގުޅޭ ދެ މައްސަލައަށް ވެސް ކޯޓުންވަނީ ހުއްދަ ދީފައެވެ.

ގާނޫނުގައިވާ ގޮތުން އިންތިހާބީ ޝަކުވާގެ މައްސަލަތައް ހުށަހަޅަން ޖެހޭނީ ހައިކޯޓަށެވެ. ސުޕްރީމް ކޯޓަށް ހުށަހެޅޭނީ ކެންޑިޑޭސީއާ ގުޅޭ މައްސަލަތަކެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މި ދެ މައްސަލައަކީ ވެސް ކެންޑިޑޭސީއާ ގުޅޭ މައްސަލަތަކެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރާއިރު، ކެނޑިޑޭޓް ނަންބަރު ވަނީ ކަނޑައަޅާފައެވެ.

ކައުންސިލް އިންތިހާބުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 6 ސިޔާސީ ޕާޓީއަކުން 1،210 ކެންޑިޑޭޓުން ވާދަކުރާއިރު، އަމިއްލަ ގޮތުން 401 ފަރާތަކުން ވާދަކުރެއެވެ. މިއާއެކު ޖުމްލަ 1،611 ކެންޑިޑޭޓުންނަށް ވަނީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ރަސްމީކޮށް ލިބިފައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ބަލާއިރު، އިލެކްޝަންސް ކޮމިޝަނުން ވަނީ 1،383 ކެންޑިޑޭޓުންގެ ފޯމު ބަލައިގެންފައެވެ. އޭގެ ތެރެއިން 5 ސިޔާސީ ޕާޓީއަކުން 1،116 މީހުން ކުރިމަތިލާފައިވާއިރު، އެންމެ ގިނަ ކެންޑިޓޭޓުން ވާދަކުރަނީ ވެރިކަންކުރާ ކޮންގްރެސް ޕާޓީންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355