twitterviber whatsapp telegramfacebookyoutube instagram
17th February 2026

މައިމުޅަވުމުން ވެސް ތަރިކައިން ގޯތި ލިބޭ ގޮތަށް ހަދަން ބިލެއް ހުށަހަޅައިފި

Feb 17, 2026

މައިމުޅަވާ ދަރިންނަށް ތަރިކައިން ބިން ލިބޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

މައިމުޅަވުމަކީ އަންހެން ދަރީގެ ދަރިންނަށް ވާރުތަމުދާ ނުލިބޭ ގޮތް ވުމެވެ. މި ގޮތް ދިމާވާނީ ބައްޕަ ނުވަތަ މަންމަ ދުނިޔޭގައި ހުއްޓައި އަންހެން ދަރިފުޅު މަރުވާއިރު އޭނާގެ ދަރިން ތިބުމުންނެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅި އެ ބިލުގައި ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ބިމާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާ އާއި 17 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން މައިމުޅަވުމުގެ ސަބަބުން ދަރިންނަށް ބިމުން ނުލިބޭ ހާލަތްތަކެއް ކުރިމަތިވާ ކަމަށެވެ.

އޭގެ ސަބަބުން މުޖުތަމައު އާއި އާއިލާތަކުގެ މެދުގައި އަރައިރުން އުފެދި މައްސަލަތައް ކުރިމަތިވާ ކަމަށާއި ބޭއިންސާފު ހާލަތްތަކެއް ކުރިމަތިވާ ކަމެއް ބިލުގައި ބުނެފައިވެ އެވެ.

އެ މައްސަލަ ހައްލު ކުރަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ބަންޑާރަ ގޯއްޗެއް ދޫކޮށްފައިވާ މީހަކު މަރުވެއްޖެ ނަމަ އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުސޫލުން ލިބޭ މީހުންނާއި ބިމުގެ ތަނަވަސްކަން ލިބިފައި ނުވާ މައިމުޅަވާ ދަރިންގެ މެދުގައި ބަންޑާރަ ބިމުން ލިބިދޭން ޖެހޭނެ ކަމަށެވެ.

ބިމުގެ ތަނަވަސްކަން ހުރި ކަމަށް ބަލާނީ އެ ބިލުގައިވާ ގޮތުން ގަތުމަކުން، ވިއްކުމަކުން، ހިބައަކުން، ވަސިއްޔަތަކުން ނުވަތަ ތަރިކައަކުން ބިމެއް ނުވަތަ ފްލެޓެއް ރަޖިސްޓްރީ ކުރެވިފައި ނުވަތަ ޝަރީއަތަކުން ލިބިފައި އޮތުމެވެ. އަދި ސަރުކާރުގެ ބޯހިޔާވެހިކަމުގެ މަޝްރޫއަކުން ބިމެއް ނުވަތަ ފްލެޓެއް ހަވާލު ކުރެވިފައިވުމެވެ.

މިހާރު ގާނޫނުގައި އޮންނަ ގޮތުން ބަންޑާރަ ގޯއްޗެއް ދޫކޮށްފައިވާ މީހަކު މަރުވެއްޖެ ނަމަ ގޯތި ބެހިގެން ދާނީ ތަރިކައިގެ އުސޫލުން ލިބޭ ބައެއްގެ މެދުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355