twitterviber whatsapp telegramfacebookyoutube instagram
1st August 2026

ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މާދަމާ އަށް ހަމަވާނެ

ނަބީލާ އިސްމާޢީލް
Feb 21, 2026

ދެ އިންތިޚާބު އެއްކޮށްލާ ވޯޓާއި ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓްރީވާން އިލެކްޝަންސް ކޮމިޝަން (އީސީ)ން ދިން ފަހު ފުރުސަތު މާދަމާއަށް ހަމާވެނެއެވެ.

އަންނަ އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ރީ-ރަޖިސްޓްރީކުރަން ހުޅުވާލީ މި މަހުގެ 10 ވަނަ ދުވަހެވެ.

އީސީން ބުނީ އެ މުއްދަތު މާދަމާ މެންދުރު 3:00 ގައި ހަމަވާނެ ކަމަށެވެ. ވޯޓުލާން މިހާރު ރަޖިސްޓްރީކޮށްފައިވާ މަރުކަޒު ޔަގީންކޮށް، ރީ-ރަޖިސްޓްރީކުރަންޖެހޭ ނަމަ އެކަމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފަ އެވެ.

މި މުއްދަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތައް އެކަންޏެވެ.

މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު އެސް.އެމްއެސް މެދުވެރިކޮށް (VR space IDNO Send to 1414) ޗެކްކުރެވޭނެއެވެ. އަދި، ކޮމިޝަނުގެއޮންލައިން ރަޖިސްޓަރީ ޕޯޓަލް މެދުވެރިކޮށްވެސް ޗެކް ކުރެވޭނެއެވެ.

ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އީސީގެ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' ނުވަތަ 'މައި ޕޯޓަލް'މެދުވެރިކޮށް އޮންލައިން ކޮށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355