twitterviber whatsapp telegramfacebookyoutube instagram
24th May 2026

ބީއެމްއެލް އެޕް މެދުވެރިކޮށް މެޑިކަލް ޑޮލަރަށް އެދެވޭނެ ފަސޭހަ އިންތިޒާމެއް

ނަބީލާ އިސްމާޢީލް
Feb 22, 2026

ބީއެމްއެލް އެޕް މެދުވެރިކޮށް މެޑިކަލް ޑޮލަރަށް އެދެވޭނެ ފަސޭހަ އިންތިޒާމެއް އެ ބޭންކުން މިއަދު ހަމަޖައްސައިފި އެވެ.

ބީއެމްއެލުން ބުނީ، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާ ފަރާތްތަކަށް ޑޮލަރަށް އެދި މިއަދުން ފެށިގެން ބީއެމްއެލްގެ އެޕް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އެގޮތުން، ޑޮލަރަށް އެދި ހުށަހަޅާނަމަ މޯބައިލް އެޕުގައި "ޑޭޝްބޯޑް"އަށް ގޮސް، ދާން ޖެހޭނީ "މެޑިކަލް ޑޮލާ ރިކުއެސްޓް"އަށެވެ.

ބޭންކުން ބުނީ، ޑޮލަރު ގަތުމަށް އެދި ހުށަހަޅާއިރު، ބޭނުންވާނެ ލިޔެކިޔުންތައް މައުލޫމާތު އެޕުން ހުށަހަޅައި، އެޕްލިކޭޝަންގެ ކަންކަން ކުރިއަށްދާ ގޮތް ވެސް ވަގުތުން ކަސްޓަމަރުންނަށް ބަލައިލެވޭނެ ކަމަށެވެ.

އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް 2،000 ޑޮލަރާ ހަމައަށް ބޭންކުން ޑޮލަރު ވިއްކާނެ ކަމަށާއި، އަމިއްލަ ގޮތުން ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް 1،000 ޑޮލަރާ ހަމައަށް ޑޮލަރު ވިއްކާނެ ކަމަށް، ބީއެމްއެލުން މައުލޫމާތުދެއެވެ.

ސިއްހީ ފަރުވާއަށް ރާއްޖޭން ބޭރަށްދާ ފަރާތްތަކަށް ޑޮލަރު ޖަމާކޮށްދޭނީ ޑޮލަރަށް އެދި ހުށަހަޅާ ފަރާތުގެ ބީއެމްއެލް ޑޮލަރު އެކައުންޓަށް ކަމަށް ވެސް ބޭންކުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355