twitterviber whatsapp telegramfacebookyoutube instagram
1st March 2026

ކުޅުދުއްފުށީ ޕީއެންސީގެ ޖަގަހައެއް މާލޭގައި ހުޅުވައިފި

Feb 28, 2026

ޕީއެންސީން ކުޅުދުއްފުށީގެ މާލޭ ކެމްޕެއިން ޖަގަހައެއް ހުޅުވައިފި އެވެ. ރޭގައި އެ ޖަގަހަ ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ.

މި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތަށް ކުރިއަށްއޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ކުޅުދުއްފުށީ ޕީއެންސީ ގޮނޑިތަކަށް ވާދަކުރާ ކެނޑިޑޭޓުންގެ އިތުރުން ކުޅުދުއްފުށީ ޕީއެންސީގެ ގިނަ ފަރާތްތަކަކުން ބައިވެރިވި އެވެ.

ޕީއެންސީ ކެމްޕެއިން މެނޭޖަރ ފަލާހުގެ އިތުރުން ކުޅުދުއްފުށީ 2 ދާއިރާގެ މަޖިލިސް މެމްބަރުންގެނާއި ޕާޓީގެ އިސްފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެންސީ ޓިކެޓްގައި ކުޅުދުއްފުށީ މޭޔަރުކަމަށް ކުރިމަތިލައިފައިވާ އިބްރާހިމް ހަސަން ވިދާޅުވީ ވޭތުވެދިޔަތަނުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މެޖޯރިޓީ ހޯދައި ތާރީހު ނަގަހައްޓަމުން އައި އެމްޑީޕީ ކަމަށެވެ. ނަމަވެސް އެ ޕާޓީ ބަލިކޮށް ޕީއެންސީން، އެ ތާރީހު ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވޭތުވެދިޔަ ހުރިހާ ކައުންސިލްތަކެއްގައިވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލްތަކަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކެއް. މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން ނުކުމެ މިތިބީ މި ތާރީހް ބަދަލުކުރުމަށް. އަޅުގަނޑުމެންގެ މަސައްކަތުން މި ތާރީހް ބަދަލުކުރާނަން." އިބްރާހިމް ވިދާޅުވިއެވެ.

އިބްރާހިމް އިތުރަށް ވިދާޅުވީ އޭނާގެ ތަސައްވަރަކީ ކުޅުދުއްފުށީ ވިޔަފާރިއަށް ހަމަހަމަ ފުރުސަތު އޮންނަ ވަޒީފާގެ ދޮރުތައް ހުޅުވިފައިވާ، ތަރައްގީގެ މަންފާ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު ލިއްބައިދިނުން ކަމަށެވެ. އަދި އިގްތިސާދީ ގޮތުން އުއްމީދީ ސިޓީއަކަށް ކުޅުދުއްފުށީ ސިޓީ ހެދުން ކަމަށެވެ.

"އަޅުގަނޑުގެ ތަސައްވުރަކީ ކުޅުދުއްފުށީ ސިޓީއަށް ވިޔަފާރިއަށް ހަމަހަމަ ފުރުސަތު އޮންނަ ވަޒީފާގެ ދޮރުތައް ހުޅުވިފައިވާ، ތަރައްގީގެ މަންފާ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު ލިއްބައިދޭން. އިގްތިސާދީ ގޮތުން އުއްމީދީ ސިޓީއަކަށް ކުޅުދުއްފުށީ ސިޓީ ހެދުން." އިބްރާޙިމް ހަސަން ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355