twitterviber whatsapp telegramfacebookyoutube instagram
25th September 2026

299,876 މީހުން: ވޯޓު ލެވޭ ފައިނަލް ލިސްޓް ނެރެފި

Mar 11, 2026

ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމު ކޮށްފި އެވެ.

ކައުންސިލް އިންތިހާބާއި ރައްޔިތުންގެ ހިޔާލު ހޯދުމާ ގުޅޭ ރެފަރަންޑަމް އޮތީ އަންނަ މަހު 4 ގަ އެވެ.

އިލެކްޝަންސް ކޮމިޝަން އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ އިންތިހާބުގައި ޖުމްލަ 299,876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ. އެއީ 144,506 އަންހެނުންނާއި 150,370 ފިރިހެނުން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި 225 ދާއިރާއަކަށް 1,356 މެންބަރުން އިންތިހާބު ކުރާނެ އެވެ.

އޭގެ އިތުރުން އަތޮޅުތަކާއި ރިސޯޓުތަކާއި ޖަލު އަދި މާލޭ ސަރަހައްދުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓަން އީސީން ވަނީ ނިންމައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293