twitterviber whatsapp telegramfacebookyoutube instagram
21st March 2026

ގިރާވަރުފަޅު ހިއްކުން އޭޕްރިލްގައި ނިންމައި ޖޫންގައި ގޯތިތައް ހަވާލުކުރަން ފެށޭނެ: ރައީސް

ނަބީލާ އިސްމާޢީލް
Mar 21, 2026

ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރިޔަށްދާ ކަމަށާއި އެ މަސައްކަތް އޭޕްރިލް މަހު ނިންމާ، ސާވޭ ކޮށް ނިންމާ ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވަނީ 30 ޖޫން 2026 ގައެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށްފަހު އެ މަސައްކަތް ފަށާފައި ވަނީ 30 ޖެނުވަރީ 2026 ގަ އެވެ. ކުރީގެ ރައީސް އިބްހިރާމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި މިމަޝްރޫއު ކުރިއަށް ނު ގެންގޮސް ގިނަ ދުވަސްތަކެއް ވަންދެން އޮތީ ދޫކޮށްލާފަ އެވެ. މިމައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ގިރާވަރުފަޅުން ގޯތި ލިބުނު މީހުން މީގެ ކުރިން މުޒާހަރާ ކޮށްފައިވެ އެވެ.

މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްއޭސީއެލް އާއެވެ. މި މަސައްކަތް އަވަސްކުރުމުގެ ގޮތުން ހާއްސަ ދެ ޑްރެޖަރެއް ބޭނުންކުރަމުންދާކަން ސަރުކާރުން ފާހަގަކުރެއެވެ.

ގިރާވަރުފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ތަފްސީލަށް ބަލާއިރު، 1,250 އަކަފޫޓުގެ 2,605 ޕްލޮޓާއި، 1,650 އަކަފޫޓުގެ 1,213 ޕްލޮޓް ހިމެނެއެވެ. މީގެ އިތުރުން 2,050 އަކަފޫޓުގެ 253 ޕްލޮޓާއި 2,450 އަކަފޫޓުގެ އެއް ޕްލޮޓް ދޫކުރުމަށް ވަނީ ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355