twitterviber whatsapp telegramfacebookyoutube instagram
23rd March 2026

މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރަނީ

ނަބީލާ އިސްމާޢީލް
Mar 23, 2026

ރައްޔިތުންގެ މަޖިލީހުގެ ވަކި އަދަދެއް އަންހެނުންނަށް ހާއްސަ ކުރަން ގާނޫނު އިސްލާހު ކުރައްވާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަޖިލީހުގައި ވަކި އިންސައްތައެއް އެއީ އަންހެނުން ކަމުގައި ކަނޑައެޅުމަށް ސަރުކާރުން ނިންމާފައިވާ ކަަމަށެވެ. އަދި އެ އިސްލާހު ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކައުންސިލްގައި އޮވޭ ވަކި އަދަދެއް އަންހެނުންނަށް ހާއްސަކޮށްފައި. ނަމަވެސް މަޖިލިސް މެމްބަރުންގެ ނޯންނާނެ އެގޮތަކަށް. މަޖިލިސް މެމްބަރުންގެ އަދަދާއި މަޖިލިސް މެމްބަރުން އިތުރުވުން ހުއްޓުވުމަކަށް ގެނައުމާއި. މެންބަރުންގެ ތެރެއިން ވަކި އަދަދެއް ޒުވާނުންނަށް ހާއްސަ ކުރުމާއި ވަކި އަދަދެއް އަންހެނުންނަށް ހާއްސަ ކުރުމަކީ މި ޕެކޭޖްގެ ތެރޭގައި ހުށަހެޅުމަށް ނިންމާފައިވާ ކަންތައްތައް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ ކަންކަން ރިފޯމްކޮށް އިސްލާހުކުރަން ޖެހޭ ކަމަށެވެ. އެގޮތުގެ މަތިން ބައެއް ކަންކަން އިސްލާހުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެގޮތުން އެންމެ މުހިންމު ކަމަކަށް ރައްޔިތުންގެ ކައިރީގައި އަހަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންނަށް ފެނިވަޑައިގަންވާ ތޯ ނުވަތަ ނޫންތޯ ކަމަށް ރައީސް ވިދާޅުވިއެވެ. ސުވާލު ކަނޑައަޅާފައި އޮތީ ގާނޫނުގައިވާ ހަމަތަކުގެ މަތިން ކަމަށެވެ.

"މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުވާން ޖެހޭ. އިންތިހާބު އެއް ދުވަހެއްގައި 2028 ވަނަ އަހަރު ބާއްވާ ކަމުގައިވާނަމަ. މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރުކުރުވެގެން މިކަމެއް ނުވާނެ. މަޖިލީހުގެ ދައުރު ކުރުކުރާކަމަށްވާނަމަ ނުވަތަ ބަދަލެއް ގެންނަނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ. މިހާރު ހިނގާ މަޖިލީހުގެ އުމުރު ކުރުވޭ ހައެއްކަ މަސް. އެހެންވެ ރައްޔިތުންގެ ކައިރިން ވޯޓަކަށް މި އަހަނީ. ރައްޔިތުން ނިންމަވާ ގޮތެއްގެ މަތިން ދެން ހުރި ބަދަލުތައް ގެނައުމަށް ޑިޕެންޓްވަނީ." ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ ދިއުމަށް ބަދަލު ގެންނަން ބޭނުންވާކަމަށް އެމަނިކުފާނު މީގެ ކުރިން ވެސް ވިދާޅުވިއެވެ. މިހާރު އޮންނަ ގޮތުން ކޮންމެ 5،000 ރައްޔިތަކަށް އިތުރު މެންބަރެއް އިންތިހާބު ކުރަން ޖެހެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355