twitterviber whatsapp telegramfacebookyoutube instagram
6th October 2026

ބިންކޮޅު ދޫކޮށްލަން ބޭނުންވެއްޖެނަމަ، އާއިލާގެ އެހެން މެމްބަރަކަށް ދެވޭ ގޮތަށް ބަދަލުކުރަނީ

ނަބީލާ އިސްމާޢީލް
Mar 24, 2026

400 އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮންނަ މީހުން އެ ބިން އާއިލާ މީހަކަށް ދޫކޮށްލެވޭ ގޮތަށް އުސޫލު ބަދަލުކުރަން ނިންމައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ 400 އަކަފޫޓަށްވުރެ ކުޑަ ބިމެއް ދައުލަތަށް ދޫކޮށްލަންޖެހޭ ގޮތަށް އޮތް އޮތުން ބަދަލު އާއިލާ މީހަކަށް އެ ބިން ދޫކޮށްލެވޭ ގޮތަށް އުސޫލު ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

"އެ މީހާގެ އަނބިމީހާ ނޫނިއްޔާ ފިރިމީހާ ނޫނިއްޔާ ދަރިން ނޫނިއްޔާ އެއްބަނޑު އެއްބަފާ ސިބްލިންގްސް މި ފަރާތްތަކުގެ ތެރެއިން އެ މީހާ ބޭނުންވާ މީހަކަށް އެ ބިންކޮޅު ދޫކޮށްލެވޭ ގޮތަށް މި ބަދަލު ކުރަނީ. ސަރުކާރަށް ދޫކޮށްލާކަށް ނުޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިކަމުގެ އުސޫލު މިއަދު ނޫނީ މާދަމާ އާންމުކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ބިން ދޫކޮށްލަން ޖެހޭ މީހުންނަށް މި އުސޫލުގެ ދަށުން ބިން ދޫކުރެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293