twitterviber whatsapp telegramfacebookyoutube instagram
12th October 2026

ވައިކަރަދޫގައި 50 ހައުސިން ޔުނިޓް އަޅަން އެޗްޑީސީއާ ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Mar 25, 2026

ހދ. ވައިކަރަދޫގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށްޓަކައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދު އެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔާރޑް) އަލީ ޒުހައިރު އެވެ.

މި މަޝްރޫޢުގެ ދަށުން ވައިކަރަދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ 50 އެޕާޓްމަންޓް ހިމެނޭ ހައުސިންގ ޔުނިޓްތަކެކެވެ.

މި މަޝްރޫއު ނިންމުމަށް ދީފައިވަނީ 480 ދުވަހެވެ.

ވައިކަރަދޫގެ މި މަޝްރޫޢަކީ ރަށްރަށުގެ އުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަން އިތުރުކުރުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ މަޝްރޫޢެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293