twitterviber whatsapp telegramfacebookyoutube instagram
31st March 2026

ހައި އެޗީވާސް ސްކޮލާޝިޕްގެ ދަށުން ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އެލަވެންސެއް

ނަބީލާ އިސްމާޢީލް
Mar 30, 2026

ހައި އެޗީވާސް ސްކޮލާޝިްގެ ދަށުން ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް 6000 ރުފިޔާގެ އެލަވެންސެއްދޭގޮތަށް ސްކޮލަޝިފްދޭ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.

ރައީސްގެ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕްދޭ އުސޫލަށް ބަދަލުތަކެއް ގެނެސް މަތީ ތައުލީމާއި ތަމްރީނާއި ބެހޭ ވުޒާރާއިން ވަނީ އާންމުކޮށްފައެވެ.

އެ އުސޫލުގައި ބުނާގޮތުން މިހާރު ހައި އެޗީވާސް ސްކޮލާޝިޕްގައި ކިޔަވާ ދަރިވަރުންނަށްދޭ ސްޓައިޕެންޑުގެ އިތުރަށް ކޮންމެ މަހަކު 6،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ފައިސާ ކިޔަވަން ފަށާތާ 10 ދުވަސް ތެރޭގައި ހަމަޖައްސައިދޭނެ ކަމަށް ވެސް އުސޫލުގައި ވެއެވެ.

އަދިކޯހުގެ އެންމެ ފަހު 10 ދުވަހާ ހަމައަށް އެ ފައިސާ ކޮންމެ މަހަކު ދޭނެ ކަމަށްވެސް އެ އުސޫލުގައި ވެއެވެ.

އެ އުސޫލުގައިވާގޮތުން ދަރިވަރު ފުރަތަމަ ކިޔަވަން ފަށާ ގައުމުން ކިޔެވުން ނިމި ދެވަނައަށް ކިޔަވަންދާ ގައުމުގައި ކިޔެވުން ފެށުމާ ދޭތެރޭ އޮންނަ މުއްދަތުގައި ސްޓައިޕެންޑުގެ ފައިސާ ހަމަޖައްސައިދޭނީ ގިނަވެގެން ތިން މަހަށެވެ.

އާ އުސޫލުގައިވާގޮތުން ހައި އެޗީވާސް ސްކޮލާޝިޕް ލިބޭނީ ތިން މާއްދާއިން އޭ ހޯދައި ދިވެހި އިސްލާމުން އޭ ސްޓާ ހޯދާ ދަރިވަރުންނަށެވެ. ކުރިން ފަސް މާއްދާ އިން އޭ ލިބިގެން ހައި އެޗީވާސް ސްކޮލާޝިޕް ލިބެއެވެ.

ހައި އެޗީވާސް ސްކޮލާޝިޕް މިހާރު ދެނީ ފުލްޓައިމްކޮށް ކިޔަވާ ދަރިވަރުންނަށެވެ. އެ ސްކޮލާޝިޕް، ބެޗްލާސް ޑިގްރީ އާއި މެޑިސިން އަދި ޑެންޓިސްޓްރީގެ އިތުރުން ބެޗްލާސް ޑިގްރީއާއެކު ފުރިހަމަކުރާ ޕްރޮފެޝަނަލް ލައިސަންސް ޕްރޮގްރާމަތަކަށް ސްކޮލާޝިޕްތައްދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355