ޖެނީވާގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުގެ މަގާމު އަލުން އިޔާދަކޮށްފި އެވެ.
ސަލްމާ ރަޝީދުގެ އިތުރުން ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) މަގާމުން ވަކިކުރީ މިދިޔަ ހޯމަ ދުވަހު އެވެ.
މުންދު އާއި ސަލްމާ ވަކިކުރީ ޕީއެންސީއަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދު މީހަކާ ވާހަކަ ދައްކަވާ އޯޑިއޯއެއް ލީކުކޮށްލާފައި ވަނިކޮށެވެ.
މުންދުއަކީ އަސްމާ ރަޝީދުގެ ދަރިކަލުންނެވެ. އަދި ސަލްމާއަކީ އަސްމާގެ ކޮއްކޮ އެވެ.




