twitterviber whatsapp telegramfacebookyoutube instagram
25th May 2026

'ޓޫ އޮފް އަސް'ގެ ޝޯއާއެކު 'ކްރޭޕްރަނާ'ގެ އައުޓްލެޓެއް ކުޅުދުއްފުށީގައި ހުޅުވަނީ

އަބްދުލް ވާހިދު ޙަސަން
Apr 9, 2026

ދުނިޔޭގެ މަޝްހޫރު ފާސްޓްފުޑް ޗެއިން އެއް ކަމަށްވާ 'ކްރޭޕްރަނާ'ގެ އައުޓްލެޓެއް ކުޅުދުއްފުށީގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.

'ކްރޭޕްރަނާ' އިން ބުނީ، ކުޅުދުއްފުށީގައި ހުޅުވާ މި އައުޓްލެޓަކީ ރާއްޖޭގައި މިހާތަނަށް ހުޅުވާ އެންމެ ބޮޑު އައުޓްލެޓްކަމަށާއި އަދި މިއީ މާލެ ސަރަހައްދުން ބޭރުގައި ހުޅުވާ އެ ޗެއިންގެ ފުރަތަމަ އައުޓްލެޓް ކަމަށެވެ.

10 އެޕްރީލްވާ ހުކުރުދުވަހު ހަވީރު އެ އައުޓްލެޓް ހުޅުވާއިރު ރަސްމީކޮށް ހުޅުވުން އޮންނާނީ އެ ދުވަހުގެ ރޭގަނޑު އެވެ. ހަވީރު ހުޅުވުން އޮންނާނީ 'ދައްސޫރަ' ބޮޑުބެރު ގުރޫޕްގެ ހަރަކާތްތަކާ އެކު އެވެ. އެ ދުވަހު އެންމެ ފުރަތަމަ އަންނަ 30 ކަސްޓަމަރުންނަށް 'ބައި ވަން ގެޓް ވަން ފްރީ' ލިބިގެންދާނެކަމަށް ކްރެޕްރަނާ މޯލްޑިވްސް އިން ހާމަކުރެ އެވެ.

ރަސްމީކޮށް ހުޅުވުން ރޭގައި ކުރިއަށްދާއިރު ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑްކަމަށްވާ 'ޓޫ އޮފް އަސް' ގެ ހުށަހެޅުންތައް ފެނިގެންދާނެ އެވެ.

ކުޅުދުއްފުށީގައި ހުޅުވާ މި އައުޓްލެޓް ހުޅުވަނީ އަމީނީމަގުގައި ހުންނަ ގުލާބީގެގައި އެވެ. މިއުޒިކް ޝޯގެ ހަރަކާތްތައްވެސް ކުރިއަށްދާނީ އެ ސަރަހައްދުގަ އެވެ.

2019 ވަނަ އަހަރު ސްރީލަންކާ އުފެދުނު 'ކްރެޕްރަނާ'ގެ އައުޓްލެޓްތައް ސްރީލަންކާގެ އިތުރުން އިންޑިޔާ، ގަތަރުގަ ހުރެ އެވެ. މިއީ ރާއްޖޭގައި ހުޅުވާ ހަތަރުވަނަ އައުޓްލެޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355