twitterviber whatsapp telegramfacebookyoutube instagram
20th May 2026

ކުޅުދުއްފުށި އައިކެއަރ އިން އާސަންދައިގެ ޚިދުމަތް ދޭން ފަށައިފި

Apr 12, 2026
1

ކުޅުދުއްފުށީގައި ފުޅާދާއިރާއެއްގައި އޮޕްޓިކަލް ހިދުމަތް ފޯރުކޮށްދެމުންދާ އައިކެއަރ އިން މިހާރު އާސަންދައިގެ ދަށުން އައިނު ހެއްދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލައިފިއެވެ.

މި ހިދުމަތުގެ ދަށުން، އާސަންދަ ގަބޫލުކުރާ ކްލިނިކަކުން ނުވަތަ ހޮސްޕިޓަލަކުން ދޫކޮށްފައިވާ ސައްހަ ޕްރިސްކްރިޕްޝަނަކަށް، އާސަންދައިން ކަނޑައަޅާފައިވާ 2,000 ރުފިޔާގެ ކަވަރޭޖްގެ ތެރެއިން އައިނު ހެއްދޭނެއެވެ.

ކުޅުދުއްފުށި އައިކެއަރގައި ތަފާތު ގިނަ ބްރޭންޑްތަކުގެ، އެކި ފެންވަރުގެ އަދި އެންމެ ފަހުގެ ޑިޒައިންތަކުގެ ފްރޭމްތަކާއި، އެންމެ ފަހުގެ ޓެކްނޮލޮޖީގެ ލެންސްތައް ލިބެން ހުރެއެވެ. އެގޮތުން އާސަންދައިން ލިބޭ 2,000 ރުފިޔާގެ ތެރެއިން، އަމިއްލަ ޖީބުން އެއްވެސް އިތުރު ޚަރަދަކާ ނުލައި ގަނެވޭނެ ފެންވަރު ރަނގަޅު ރީތި ފްރޭމްތަކާއި، އަދި އިތުރު ފައިސާ ދައްކައިގެން ލިބޭނެ އައިނުތައް ވެސް ހިމެނެއެވެ.

މިއީ ކުޅުދުއްފުއްޓާއި އަދި ތިލަދުންމަތީގެ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުއިފަސޭހައެކެވެ. މީގެ ކުރިން އާސަންދައިގެ ދަށުން އައިނު ހެއްދުމަށް ގިނަ ބަޔަކު މާލެއަށް ބަރޯސާވާން ޖެހުނު ނަމަވެސް، މިހާރު ރަށުގައި ތިބެގެން ފަސޭހަކަމާއެކު މި ހިދުމަތް ލިބިގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355