ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އިސްތިއުފާ ދެއްވައިފި އެވެ.
ޣައްސާން އިސްތިއުފާ ދެއްވާފައިވާކަން ސަރުކާރުގެ އިސް ބައެއް އޮފިޝަލުން ވަނީ ޔަގީންކޮށްދީފަ އެވެ.
ޣައްސާން ދިފާއީ ވަޒީރުކަމަށް ޢައްޔަނުކުރެއްވީ 17 ނޮވެމްބަރު 2023 ގައެވެ.
ޣައްސާނު އިސްތިއުފާ ދެއްވިއިރު، ރައީސް އޮފީހުގެ ވަޒީރެއްގެ ގޮތުގައި ހުންނެވި ޢަލީ އާރިފް ވަނީ އިއްޔެ އިސްތިއުފާ ދެއްވާފައެވެ.
މީގެ އިތުރުން ހާރިޖީ ވަޒީރު ޑރ. ޢަބުދުﷲ ހަލީލް މިއަދު ވަނީ މަގާމުން ވަކިކުރަށްވާފައެވެ.




