ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން މިއަދު 10 ވަޒީރުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ވުޒާރާތަކުގެ މަސައްކަތްތަކަށް ބޮޑު ބަދަލެއް ގެނެސް އާ ކެބިނެޓު މިރޭ ހުވާކުރައްވައިފިއެވެ.
އާ ކެބިނެޓަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.
އާ ކެބިނެޓަށް ހުވާކުރެއްވި ބޭފުޅުންގެ ތެރޭގައި، ތަރުޖަމާނު ހީނާ ވަލީދާއި އިނގިރޭސި ސަފީރު ޑރ. އިރުތިޝާމް އާދަމް ހިމެނެއެވެ.
- ފިނޭންސް އެންޑް ޕަލްބިކް އެންޓަޕްރައިޒަސް މިނިސްޓަރަކަށް މޫސާ ޒަމީރު
- ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހުސާން
- ފޮރިން މިނިސްޓަރަކަށް ޑރ. އިރުތިޝާމް އާދަމް
- ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް މިނިސްޓަރަކަށް އިސްމާއީލް ޝަފީއު
- ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ގީލާ އަލީ
- އިކޮނޮމިކް ޑިވެލޮޕްމެންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރަކަށް މުހައްމަދު ސައީދު
- އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓްސް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން
- ޔޫތު އެމްޕަވަމެންޓް ސްޕޯޓްސް އެންޑް ފިޓްންސް މިނިސްޓަރަކަށް އަބްދުﷲ ރާފިއު
- އާޓްސް. ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރަކަށް ހީނާ ވަލީދު
- އިންފްރާސްޓްރަކްޗާ، ހައުސިން، އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބު
- ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެންޑް އެނާޖީ މިނިސްޓަރަކަށް އަލީ ޝަރީފް
މި ބޭފުޅުން ހުވާ ކުރައްވާފައިވަނީ ރައީސް އޮފީހުގައި ދެންމެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މަގާމުގެ ހުވާ ކުރެއްވުމަށްފަހު، އެ ބޭފުޅުން ވަނީ ހުވާގެ އިގުރާރުގައި ސޮއި ކުރައްވާފަ އެވެ.
މިއަދު އިސްތިޢުފާދެއްވި 10 ވަޒީރުން މި ވޭތުވެދިޔަ މުއްދަތުގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.