twitterviber whatsapp telegramfacebookyoutube instagram
26th July 2026

ދިގު ރުކަކުން ވެއްޓި މީހަކަށް ސީރިއަސް އަނިޔާތަކެއް، ފަރުވާދެނީ ވެންޓިލޭޓަރުގައި

އަބްދުލް ވާހިދު ޙަސަން
Apr 16, 2026

ކުޅުދުއްފުށީގައި ރުކަކުން ވެއްޓި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

ކުޅުދުއްފުށީ ހިރަފުސް ދަނޑުގެ އިރުމަތި ފަރާތުގައި ހުރި ރުއްތަކެއް ސާފުކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ވެއްޓި އަނިޔާ ލިބިފައިވަނީ ހދ ނޭކުރެންދޫއަށް ނިސްބަތްވާ 38 އަހަރުގެ ފިރިހެނަކަށެވެ.

މިއަދު މެންދުރުފަހު ގާތްގަނޑަކަށް 3 ޖަހާއެހާއިރު ހިނގި މި ހާދިސާގައި އަނިޔާވި މީހާގެ ހާލު ވަރަށް ދެރަކަމަށާއި އޭނާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

މައުލޫމާތު އެނގޭ މީހަކު ކޭއޯއާ ވާހަކަދައްކަމުން ބުނީ، އެ މީހާ ވެއްޓިފައިވަނީ ގާތްގަނޑަށް 60-70 ފޫޓްގެ ދިގު ރުއްކަކުން ކަމަށެވެ.

ތަފްސީލް އަންނަނީ--

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355